ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 15:12
ވިކްޓޯޜިއާ އިސްލާމިކް ސެންޓަރ --
ވިކްޓޯޜިއާ އިސްލާމިކް ސެންޓަރ --
ގޫގުލް
އެމެރިކާގެ މިސްކިތެއްގައި ރޯކޮ
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
 
އަލިފާން ނިއްވުމަށް ގިނަ ވަގުތު ހޭދަވިކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނޭ

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ވިކްޓޯރިޔާގައި ހުންނަ އިސްލާމިިކް ސެންޓަރގައި ރޯކޮށްލައިފި އެވެ.

ވިކްޓޯރިއާ އެޑްވޮކޭޓް އިން ބުނާ ގޮތުގައި މިހަމަލާ ދީފައިވަނީ މިއަދުގެ ފަތިސް ނަމާދުގެ ކުރިންނެވެ.

އިސްލާމިކް ސެންޓަރގެ ރައީސް ޝާހިދް ހަޝްމީ ވިދާޅުވީ އިސްލާމިކް ސެންޓަރ ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށާނޭ ކަމަށެވެ. އަދި، އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.

ސެންޓަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ ޖޫން މަހު ސެންޓަރު އަލުން ހުޅުވާނޭ ކަމަށެވެ. ސެންޓަރުން ވަނީ މިސްކިތް އަލުން ބިނާ ކުރުމަށް ގޯފަންޑްމީ ކެމްޕޭނެއް ފަށާފަ އެވެ. ހަތަރު ގަޑި އިރުގެ ތެރޭގައި ފަންޑަށް ބޭނުންވާ 450،000 ޑޮަލަރުގެ ތެރެއިން 34،000 ޑޮލަރު މިހާރު ޖަމާވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެެވެ.

ހަޝްމީ ވިދާޅުވީ ޓްރަމްޕް ހުވާކުރެއްވި ދުވަހުވެސް މިސްކިތާއި ސެންޓަރުން ވައްކަންކޮށްފައިވާ ކަމަށެވެ. މަދު މަދުން ނަމަވެސް، މިސްކިތަށް ގެއްލުން ދިނުމުގެ ހާދިސާތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިކްޓޯރިއާ ފަޔަރ މާޝަލް ޓޮމް ލެގްލަރ ވިދާޅުވީ އަލިފާން ރޯވި ހާދިސާ މިހާރު ބަލަމުންދާ ކަމަށާއި މިހާތަނަށް ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ނެތް ކަމަށެވެ. ނަމަވެސް، އަލިފާން ނިއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޓްރަމްޕް ހުވާކުރެއްވުމަށްފަހު، އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ދަނީ ގިނަ ހަމަލާތަކެއް ކުރިމަތިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް