ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 16:39
އިންޑިއާގެ ސްޕްރީމް ކޯޓް
އިންޑިއާގެ ސްޕްރީމް ކޯޓް
ގޫގުލް
އިންޑިއާ ސްޕްރީމް ކޯޓު
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
އިންޑިއާގެ 29 ސްޓޭޓްގެ ތެރެއިން 8 ސްޓޭޓް ފިޔަވައި އެހެން ހުރިހާ ސްޓޭޓެއްގައި ގެރި ކަތިލުމާއި އޭގެ މަސް ކެއުން އޮންނަނީ މަނާ ކޮށްފަ

މުޅި އިންޑިއާގައި ގެރި ކަތިލުން މަނާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަން ކޯޓުން ބޭރުކޮށްލައިފިއެވެ.

 

އާބާދީގައި 1.2 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި ގެރި މަސް ކެއުން މަނާކުރުމަށް މަގުފަހިވާ ޕެޓީޝަން ނުވަތަ ގެރިކަތިލުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ސްޕްރީމް ކޯޓަށް ހުށަހެޅީ ގެރި ކަތިލުމާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓެކެވެ.

 

އިންޑިއާގައި އެންމެ ގިނަ މީހުން ތަބާވާ ހިންދޫ ދީނުގެ، ހިންދޫން ގަބޫލުކުރާ ގޮތުގައި ގެރިއަކީ އިންސާނީ ހަޟާރާތުގެ ނުވަތަ ސިވިލައިޒޭޝަންގެ "މަންމަ" އެވެ. އެހެންވެ، ގެރި ކަތިލުމާއި ގެރީގެ މަސް ކެއުން ހިންދޫން އަމިއްލައަށް ތިބެނީ "ހަރާމް" ކޮށްގެންނެވެ. އެހެން ނަމަވެސް އިންޑިއާގެ މުސްލިމުންނާއި، ކްރިސްޓިއަނުންނާއި އަދި ހިންދޫންގެ ދެރަނިކަމެތި އެތައް މިލިއަން މީހުން ގެރީގެ މަސް ކައި އުޅެއެވެ.

 

އިންޑިއާގެ 29 ސްޓޭޓްގެ ތެރެއިން 8 ސްޓޭޓް ފިޔަވައި އެހެން ހުރިހާ ސްޓޭޓެއްގައި ގެރި ކަތިލުމާއި އޭގެ މަސް ކެއުން އޮންނަނީ މަނާ ކޮށްފައެވެ. އަށް ސްޓޭޓްގައި އެކަން ހުއްދައެވެ.

 

ގެރި ކަތިލުން މަނާކުރުމަށް އިންޑިއާގެ ހަރުކަށި ހިންދޫ ގްރޫޕްތަކުންނާއި، އިންޑިއާގެ ވެރިކަމުގައި މިހާރު ހުންނެވި ނަރެންދުރަ މޯދީގެ ޕާޓީ ކަމަށްވާ ބީޖޭޕީން ވަކާލާތު ކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި ގެރީގެ މަސް ކެއުމުގެ ތުހުމަތުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މީހުން މަރާފައި ވެއެވެ.

 

- ކޮމެންޓް