ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 02:57
މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން
މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން
ގޫގުލް
ފުޓުބޯޅަ
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ޔުނައިޓެޑް ފައިނަލަށް ދިޔައީ ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިގެން
މެޗުގައި ފެނުނީ ދެ ލަނޑު، ޔުނައިޓެޑް ބައްޔެއް ނުވޭ: މޮރީނިއޯ

އީއެފްއެލް ކަޕުގައި ހަލްސިޓީ އަތުން ޔުނައިޓެޑް ބަލިވި ކަމަށް ގަބޫލުނުކުރާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

 

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ޔުނައިޓެޑް ހަލް ސިޓީ އަތުން ބަލިވީ 2-1 އިންނެވެ. އެހެން ނަމަވެސް ފުރަތަމަ ލެގުގެ މެޗް 2-0 އިން ކާމިޔާބުކޮށްފައި އޮތުމުން ދެލެގުގެ އެގްރިގޭޓަށް ބަލާއިރު 3-2 ގެ އެގްރިގޭޓުން ޔުނައިޓެޑަށް ވަނީ ފައިނަލްގެ ޖާގައެއް ލިބިފަ އެވެ.

 

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ މެޗަށްފަހު ބުނީ ރޭގެ މެޗުން އެޓީމް ބަލިނުވާ ކަމަށާއި، އޭނާއަށް މެޗުގައި ފެނުނީ އެންމެ ދެ ލަނޑު ކަމަށެވެ. ހަލްސީޓިން މޮޅަށް ކުޅުނު ކަމަށާއި، މެޗާ މެދު ބުނާނެ މާގިނަ ވާހަކައެއް ނެތް ކަމަށް މޮރީނިއޯ ބުންޏެވެ.

 

މި މެޗުން މޮޅުވި ނަމަވެސް ފައިނަލްގެ ޖާގަ ނުލިބުނު ހަލް ސިޓީގެ ކޯޗު މާކޯ ސިލްވާ ބުނީ، ޔުނައިޓެޑް އަތުން މޮޅުވެ ލިބުނު ހިތްހަމަޖެހުމަށް ވުރެ، ފައިނަލްގެ ފުރުސަތު ނުލިބުމުން ލިބުނު ދެރަ މާބޮޑު ކަމަށެވެ. ކުޅުންތެރިން ބުރަކޮށް މަސައްކަތްކުރި ކަމަށާއި، ހަލް ސިޓީއަށް ފައިނަލްގެ ޖާގައެއް ހައްގު ކަމަށް ވެސް އޭނާ ބުންޏެވެ.

 

ރޭގެ މެޗަކީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް ހަލް ސިޓީ އަތުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މެންޗެސްޓާރ ޔުނައިޓެޑް ވާދަކުރާނީ ލިވަޕޫލް ބަލިކޮށް ފައިނަލްގެ ޖާގަ ހޯދި ސައުތަމްޓަންއާ އެވެ.

 

 

- ކޮމެންޓް