ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 02:21
ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އިދިކޮޅު ގިނަ މެމްބަރުން ކޯލިޝަންއާ އެއްކޮށް އަޑިއަޑިން މަސައްކަތް ކުރޭ: މެމްބަރު ލަތީފް
ރަށްތަކަށް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން ފެނިގެން ދިޔައީ ރައްޔިތުން މިވެރިކަން ނިމުމަކަށް ގެންނަން ބޭނުންވާކަން
2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެވުމުން މިހާރު އެކަމާ ހިތާމަކުރަން

ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ވަރަށް ގިނަ މެމްބަރުން ކޯލިޝަންއާ އެއްކޮށް އަޑިއަޑިން މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ރައީސް ޔާމީންއާ އެއްކޮށް ތިއްބެވި ވަރަށް ގިނަ ރައްޔިތުން މަޖިލީހުގެ މެމްބަރުން ކޯލިޝަންއާ އެއްކޮށް މަސައްކަތް ކުރަން ބޭނުންވެވަޑަގަންނަވާ ކަމަށާއި އެބޭފުޅުންނާއި އެއްކޮށް މިހާރު ވެސް ސިއްރާ ފާޅުގައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"ރައީސް ޔާމީން އަރިހުގައި ތިއްބެވި އެތައް މެމްބަރުންނެއް އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތް ކުރަން މިތިބީ ފޫގަޅާފައި ތައްޔާރަށް މިތިބީ. އަޅުގަނޑުމެންނާއި އެބޭފުޅުންނާއި ވަރަށް ރަނގަޅަށް އަޑިއަޑިން މަސައްކަތް ކުރަމުން މި ދަނީ، މަތިމަތިން ވެސް މަސައްކަތް ކުރަމުން މިދަނީ، ފާޅުގައި ވެސް އެބޭފުޅުން މަސައްކަތް ކުރަމުން މި ދަނީ، އެހެންވީމަ އަޅުގަނޑު މިދެންނެވީ، އެހެންވީމަ މިދެންނެވީ ބޮޑު ތަފާތަކުން ރައީސް ޔާމީން ހިތްޕުޅަށް އަރާވަޑައިނުގަންނަވާނެ މިހާ ބޮޑު ނަތީޖާއަކުން ނުވަތަ ތަފާތަކުން އަޅުގަނޑުމެން މޮޅުވެދާނެ ކަމަށް. އެހާ ބޮޑު ތަފާތާކުން އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ" ލަތީފް ވިދާޅުވިއެވެ.

ފައިސަލް އާއި އިބޫ އާއެއްކޮށް ރާއްޖޭގެ އެކި ރަށްތަކަށް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން ފެނިގެން ދިޔައީ ރައްޔިތުން މިވެރިކަން ނިމުމަކަށް ގެންނަން ބޭނުންވާކަން ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެވުމުން މިހާރު އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އޭނާ ވަނީ ހުރިހާ ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީން އިޤްތަސާދީ މާހިރަކަށްވެ ހުރެ ކުރެއްވި އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވެ ލަތީފް ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވެފައެވެ. ލަތީފް ވިދާޅުވީ ދިއްދޫ ދާއިރާ އިން ރައީސް ޔާމީންއަށް އެއްވެސް ތާއީދެއް ނެތް ކަމަށާއި ބޮޑު ތަފާތަކުން މިފަހަރު ނަތީޖާ ނެރޭނެ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 47 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
20 އޯގަސްޓް 2018 | ހޯމަ 02:43
އިސްމާލް
އެއްވެސް ސިއްރުގައި މަސައްކަތް ކުރާ ފަރާތެއް ކޯލިސަންއާއި ގުޅުވާކަށް ނުފެނޭ، އެމީހުން ދެންވެސް މަސައްކަތް ކުރާނީ ސިއްރުގައި؟ އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެވޭނެ....