ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 09:48
އިންޑިއާގައި، ސިޙުރު ވެރިޔަކަށް ހަމަލާދީ މަރާލުން
އިންޑިއާގައި، ސިޙުރު ވެރިޔަކަށް ހަމަލާދީ މަރާލުން
އެންޑީޓީވީ
ސިޙުރުވެރިޔަކު މަރާލުން
ސިޙުރު ހަދާކަމުގެ ތުހުމަތުގައި 65 އަހަރުގެ ފިރިހެނަކު މަރާލައިފި
 
ފުލުހުން ބުނީ އުމުރުން 65 އަހަރުގެ މީހާ މަރާލާފައިވަނީ އޭނާގެ 35 އަހަރުގެ އަންހެން ކޮއްކޮ ކަމަށް

އިންޑިއާގެ އޮޑިޝާގައި ސިޙުރު ހަދާކަމުގެ ތުހުމަތުގައި 65 އަހަރުގެ ފިރިހެނަކަށް ހަމަލާދީ، މަރާލައިފިއެވެ.

ފުލުހުން ބުނީ އުމުރުން 65 އަހަރުގެ ފިރިހެނަކު މަރާލާފައިވަނީ އޭނާގެ 35 އަހަރުގެ އަންހެން ކޮއްކޮއަކު ކަމަށާއި އަދި އެމީހާ މަރާލީ އޭނާ އާއި އޭނާގެ އާއިލާއަށް އަމާޒުކޮށް ސިޙުރު ހަދާ ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އޮޑިޝާގެ ކަލަހަންޑީ ޑިސްޓްރިކްޓްގެ ބަވާނީޕަޓްނާ ސަދަރު ޕޮލިސް ސްޓޭޝަން ސަރަހައްދުގެ ސިކަރްގުޑާ ވިލެޖްގައި ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 35 އަހަރުގެ ދައްތަ ބުނިކަމަށް ފުލުހުން ބުނެފައިވަނީ ޝައްކު ކުރެވެމުން ދިޔައީ އެ މީހާ އޭނާގެ އާއިލާއަށް ގެއްލުން ދިނުމަށް ސިހުރުހަދާ ކަމަށެވެ. ހަމަލާ ދީފައިވަނީ، ތުހުމަތު ކުރެވޭ މީހާ ދަނޑުގައި މަސައްކަތް ކުރަމުން ދަނިކޮށް، އެ މީހާގެ ގަޔަށް ބަޑިން ހަމަލާދީގެން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި އޭނާއަށް ހަމަލާދިން ތަނުގައި، މަރުވެފައި އޮއްވައި ފެނުނީ އަވަށްޓެރިންނަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ އަންހެން ކޮއްކޮ އާއި އޭނާގެ އޭނާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
29%
17%
6%
14%
14%
20%
ކޮމެންޓް