ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 02:47
ސެރީނާ ވިލިއަމް (ވ) އަދި އޭނާގެ ދައްތަ ވީނަސް ވިލިއަމް (ކ)
ސެރީނާ ވިލިއަމް (ވ) އަދި އޭނާގެ ދައްތަ ވީނަސް ވިލިއަމް (ކ)
ގޫގުލް
ޓެނިސް
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
ސެރީނާ ފައިނަލަށް ދަތުރުކުރީ ބޮރީނީ ބަލިކޮށް
ވީނަސް ފައިނަލަށް ދަތުރުކުރީ ވެންޑެވެގް ބަލިކޮށް

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި، ސެރީނާ ވިލިއަމްސް އޭނާގެ ދައްތަ ވީނަސް ވިލިއަމްސްއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

 

އެމެރިކާއަށް އުފަން ސެރީނާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލްގައި ޖަރުމަނަށް އުފަން ލުޗިޗް ބޮރީނީގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތަށް ސެރީނާ ގެންދިޔައީ، 2-6 އަދި 1-6 ގެ ނަތީޖާއަކުންނެވެ.

 

ސެރީނާގެ ދައްތަ ވީނަސް ފައިނަލަށް ދަތުރުކުރީ، އެމެރިކާއަށް އުފަން ކޮކޯ ވެންޑެވެގްގެ މައްޗަށް 1-2 ސެޓުން ކުރި ހޯދައިގެންނެވެ.

 

މި މެޗުގެ ފުރަތަމަ ސެޓު 6-7 ގެ ނަތީޖާއަކުން ގެންދިޔައީ، ވެންޑެވެގް އެވެ. ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓު، 2-6 އަދި 3-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ވީނަސް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

 

މިއީ 2009 ވަނަ އަހަރަށްފަހު، ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް، ވީނަސްއަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ.

 

މާދަމާ ކުޅޭ ފައިނަލް މެޗު ވެގެންދާނީ، 2009 ވަނަ އަހަރަށް ފަހު، ސެރީނާ އާއި ވީނަސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލެއްގައި، ބައްދަލުކުރާ ފުރަތަމަ ފަހަރަށެވެ.

 

މި ދެ ކުޅުންތެރިން އެންމެފަހުން، ފައިނަލްގައި ބައްދަލުކުރި ގްރޭންޑް ސްލޭމް މުބާރާތަކީ ވިމްބަލްޑަންއެވެ. އެފަހަރު ވީނަސް ބަލިކޮށް މުބާރާތް ކާމިޔާބުކުރީ، ސެރީނާއެވެ.

 

- ކޮމެންޓް