ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 02:41
ސްވިޓްޒަލެންޑަށް އުފަން ރޮޖާ ފެޑެރާ
ސްވިޓްޒަލެންޑަށް އުފަން ރޮޖާ ފެޑެރާ
ގޫގުލް
ޓެނިސް
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
ފެޑެރާ ފައިނަލަށް ދަތުރުކުރީ ވަވްރިންކާ ބަލިކޮށް
ފެޑެރާ ވަނީ މި މުބާރާތުގެ ފައިނަލަށް 6 ފަހަރު ދަތުރުކޮށްފަ

ވާދަވެރި މެޗަކަށް ފަހު ސްޓޭން ވަވްރިންކާގެ މައްޗަށް ކުރި ހޯދައި، އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލަށް ރޮޖާ ފެޑެރާ ދަތުރުކޮށްފި އެވެ.

 

ސެމީ ފައިނަލް މެޗުން، ވަވްރިންކާގެ މައްޗަށް ފެޑެރާ ކުރި ހޯދީ 3 ސެޓް 2 ސެޓުންނެވެ.

 

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ، ފުރަތަމަ ދެ ސެޓު ގެންދިޔައީ ފެޑެރާ އެވެ. އެ ދެ ސެޓު ފެޑެރާ ގެންދިޔައީ، 5-7 އަދި 3-6 އިންނެވެ. ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓު، 1-6 އަދި 4-6 ގެ ނަތީޖާއިން ކާމިޔާބުކޮށް، ވަވްރިންކާ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

 

އެއާއެކީ ނަތީޖާ ނެރުމަށްޓަކައި އިތުރު ސެޓެއް ވަނީ ކުޅެން ޖެހިފަ އެވެ. އެ ސެޓު 3-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފެޑެރާ ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ.

 

މިއީ މި މުބާރާތުގެ ފައިނަލަށް ސްވިޒަލޭންޑަށް އުފަން ފެޑެރާ، ދަތުރުކުރި ހަވަނަ ފަހަރެވެ. އޭނާ ވަނީ މި މުބާރާތް މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރު ފެޑެރާއަށް، ގިނަ މުބާރާތްތަކެއް ގެއްލުނުއިރު، އޭނާ އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންކަން ފާހަގަކޮށްލެވެ އެވެ.

 

މުބާރާތުގެ ފައިނަލްގައި ފެޑެރާ ބައްދަލުކުރާނީ، ރަފޭލް ނަޑާލް އާއި ގްރިގޯ ޑިމިޓްރޯވް ބައްދަލުކުރާ، ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ކުޅުންތެރިއަކާ އެވެ.

 

- ކޮމެންޓް