ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 17:10
އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެޓީވީގެ
އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެޓީވީގެ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިބޫ އަށް އެންމެ ކަމުދާ ސެންޓް އިނގޭތަ؟
އިބޫ ބޭނުންކުރައްވާ އެއް ސެންޓަކީ އަމުއާޖްގެ އޯ ޕޮސް
އަމުއާޖް ބްރޭންޑްގް އެ ސެންޓް ތައާރަފްކުރި ފަހުން ބޭނުން ކުރައްވަނީ އެ ސެންޓް
އަމުއާޖް ބްރޭންޑްގް އެ ސެންޓްއަކީ އޮމާންގެ އުފެއްދުމެއް

ހަށިގަނޑުގައި މީރުވަސް ދުއްވައިގެން އަބަދު ވެސް ތާޒާކޮށް ތިބުމަށް ލޯބި ކުރާ މީހުންވެސް މަދެއް ނޫނެއެވެ. ސާފުތާހިރުވުމުގެ ގޮތުންނާއި ހަށިގަނޑުގައި ދުވާ ނުބައިވަހުން ސަލާމަތްވުމަށް، މީރުވަސްދުވާ ތަފާތު ޑިއޮޑަރެންޓް ބޭނުން ކުރެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް މީރުވަސް ދުވާ ސެންޓާއި އަތަރު ފަދަ އެއްޗެހި ހުސްވިޔަ ނުދީ ގެންގުޅެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އެންމެ ކަމުދާ ސެންޓް އެނގެން ބޭނުން ހެއްޔެވެ؟ މިއޮތީ އެ ސެންޓުގެ ވާހަކައެވެ. އިބޫ ވިދާޅުވާ ގޮތުގައި އެންމެ ޅަ ދުވަހުއްސުރެ އެމަނިކުފާނަކީ އަބަދު ވެސް ސާފުތާހިރު ކަމަށް ބައްލަވާ ބޭފުޅެކެވެ. މީރުވަހަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އެހެންވެ ގައިގަ މީރުވަސް ދުއްވުމަށް އެންމެ ކުރީއްސުރެ ފަށައިގެން ވެސް އިބޫ ސެންޓު ބޭނުން ކުރައްވައެވެ. އިބޫ ވިދާޅުވާ ގޮތުގައި ކަމުދާ އެހެން ސެންޓުތައް ވެސް ހުރެއެވެ. އެގޮތުން މިހާރު އިބޫ ބޭނުން ކުރައްވާ އެއް ސެންޓަކީ އަމުއާޖްގެ އޯ ޕޮސް އެވެ. އެއީ އޮމާންގެ އުފެއްދުމެކެވެ.

އަމުއާޖް ބްރޭންޑްގެ ސެންޓު ފުޅިއެއް

އޮމާންގެ ޝާހީ އާއިލާގެ ސެންޓް ވިއްކާ " ހައުސް އޮފް އަމުއާޖް" އަކީ ދުނިޔޭގެ ވެސް އެންމެ ލަގްޒަރީ ޕާރފިއުމް އުފައްދާ މަޝްހޫރު އެއް ބްރޭންޑެވެ.  ޕާފިއުމް އަކީ ސުލްތާން ޤަބޫސް ބިން ސައީދުގެ އެދުމުގެ މަތިން 1983 ން ފެށިގެން ގާއިމްކޮށްފައިވާ ބްރޭންޑެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ބްރޭންޑްގެ ތަފާތު އެކި ވައްތަރުގެ ސެންޓާއި އަތަރާއި، ސްޕްރޭ، ޝަވަރޖެލް، ސައިބޯނި، ބޮޑީ ކްރީމް ފަދަ މީރުވަސް ދުއްވުމަށް ބޭނުންކުރާ ބާވަތްތައް މި ވަނީ މަގްބޫލުވެގެން ގޮސްފައެވެ.

އަމުއާޖް ބްރޭންޑްގެ ސެންޓުފުޅިތަކެއް
 

ރާއްޖެޓީވީން ގެނެސްދޭ "އިބޫ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އަމުއާޖް ބްރޭންޑްގް އެ ސެންޓް ތައާރަފްކުރި ފަހުން ބޭނުން ކުރައްވަނީ އެ ސެންޓް ކަމަށެވެ. މީހަކު ހަދިޔާއަކަށް ސެންޓު ފުޅިއެއް ދޭނަމަ ދެއްވަން ވާނީ އެ ބްރޭންޑްގެ ސެންޓުފުޅިއެއްތޯ އެއްސެވުމުން ހިނިތުންވުމާއެކު އިބޫ ވިދާޅުވީ އެއީ އެބޭފުޅެއްގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ.

- ކޮމެންޓް