ކިރިގިސްތާންގެ ގައުމީ ޓީމަށް ކުޅެފައިވާ ރުސްލާން އަމެރޯވް ޔުނައިޓެޑް ވިކްޓްރީ އާއި ގުޅިއްޖެ އެވެ.
އުމުރުން 26 އަހަރުގެ ރުސްލާން އަމެރޯވް 2011 ވަނަ އަހަރު ކެރިއަރު ފެށީ ކިރިގިސްތާންގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަބްދީޝް އަޓާކަންޓުންނެވެ. އޭގެ ފަހުން އަމެރޯވް ވަނީ ކަޒަކިސްތާންގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ ލަޝީން އަދި ގެފެސްޓަށް ކުޅެފަ އެވެ. 2013 ވަނަ އަހަރު އެނބުރި ކިރިގިސްތާން ފުރަތަމަ ޑިވިޝަންގެ ކްލަބް އަލްގާ ބިޝޭކްއަށް ކުޅުނު އަމެރޯވް އެންމެ ފަހުން ކުޅެފައިވަނީ ތުރުކީގެ ނޮން ޕްރޮފެޝަނަލް ލީގެއްގެ ޓުރަންސްޕޫރަށެވެ.
ޔޫވީއާ ގުޅުމަށް ފަހު އަމެރޯވް ބުނެފައި ވަނީ އޭޝިއާގެ ފުޓުބޯޅައިގެ ތެރެއަށް ރާއްޖެ ކަހަލަ ރީތި ގައުމަކުން ވަދެވުމުން އޭނާގެ އޭޖެންޓް އަދި ކްލަބަށް ޝުކުރު އަދާކުރާ ކަމަށެވެ. ތަޖަކިސްތާން އަދި ތުރުކީގެ ތަޖުރިބާއަށް ފަހު އޭޝިއާގެ ތަޖުރިބާ ވެސް ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އަމެރޯވް ބުންޏެވެ.
ރުސްލާން އަމެރޯވް ވަނީ 2011 ވަނަ އަހަރު އޭނާގެ ގައުމީ ޓީމަށް ދެ މެޗު އަދި 2013 ވަނަ އަހަރު އެއް މެޗު ކުޅެދީފަ އެވެ.
ކިރިގިސްތާން ގައުމީ ޓީމުގެ ގޯލް މިހާރު ބަލަހައްޓަމުން އަންނަނީ މާޒިޔާގެ ކީޕަރަކީ ޕަވެލް މަޓިއާޝް އެވެ.
ވޭތުވެދިޔަ ސީޒަންގެ ދިވެހި ލީގުގެ ހަތަރު ވަނައިގައި ނިންމާލި ޔުނައިޓެޑް ވިކްޓްރީގެ ގޯލް ވޭތުވެދިޔަ ސީޒަންގައި ބަލަހައްޓައި ދިން ސީރިއާ ގައުމީ ޓީމުގެ ކީޕަރ މަހުމޫދު އަލް ޔޫސުފީ ވަނީ މި ސީޒަންގައި ވިކްޓްރީއާ ގުޅިފަ އެވެ.