ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 02:25
ސެންޓް ވިންސެންޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ކޯނެލިއަސް ސްޓްވާޓް
ސެންޓް ވިންސެންޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ކޯނެލިއަސް ސްޓްވާޓް
ގޫގުލް
ޓީސީ ސްޕޯޓްސް ކްލަބު
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
ސްޓެވާޓް ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރު
ސްޓެވާޓް ފުޓްބޯޅަ ކެރިޔަރު ފެށީ ނިއުވިލް ހޯޕް އިންޓަނޭޝަނަލުން
ޓީސީ އަންނަނީ އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ މުބާރާތައް ތައްޔާރުވަމުން

އެމެރިކާގެ ދެވަނަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ ވައިޓްކެޕްސް ރެސިޑެންސީ އާއި ވެންކުވާ ވައިޓްކެޕްސްގެ އިތުރުން ސެންޓް ވިންސެންޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ކޯނެލިއަސް ސްޓްވާޓް ޓީސީއާ ގުޅިއްޖެއެވެ.

 

ކޯނެލިއަސްއަކީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށް ސެއިންޓް ވިންސެންޓްގެ ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރުން ފެށިގެން އެގައުމުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކޯނެލިއަސްވަނީ އެގައުމުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

 

އުމުރުން 27 އަހަރުގެ ކޯނެލިއަސްގެ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ އޭނާގެ އަމިއްލަ ގައުމުގެ ކްލަބެއް ކަމަށްވާ ނިއުވިލް ހޯޕް އިންޓަނޭޝަނަލުން 2007 ވަނަ އަހަރެވެ. އެއަށްފަހު އޭނާ ފެނިގެންދިޔައީ އެމެރިކާގެ ދެވަނަ ޑިވިޝަންގެ ކްލަބުތަކުންނެވެ.

 

ސެއިންޓް ވިންސެންޓަކީ އެއް ލައްކަ މީހުންގެ އާބީދީއެއް އޮންނަ ކުޑަ ގައުމެކެވެ.

 

ރާއްޖޭގެ ޑޮމެސްޓިކް ސީޒަންގެ އިތުރުން ބަންގްލަދޭޝްގައި ބާއްވާ ބައިނަލް އަގުވާމީ މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީސީން ވަނީ ކޯނެލިއަސްގެ އިތުރުން މިސްރުގެ ޑިފެންޑަރެއް ކަމަށްވާ އީސާ އެލް މަގްރަބީ އާއި، ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮން ވެސް ޓީމަށް ގެނެސްފައެވެ.

 

- ކޮމެންޓް