ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 00:30
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ޖަލްސާގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރުށްޖެހި ޓީޝާޓުލައިގެން ކުރިން ތޮއްޑޫއިން ސައިކަލް ބުރު ޖެހި މީހުން ދެނެއް ނުފެންނާނެ: އިބްރާހިމް ހަސަން
އަމިއްލަ ޒާތީ މަސްލަހަތު އިސްކުރައްވާ ވެރިއެއް ވެރިކަމަށް ދެނެއް ނުގެންނާނަން
ވައްކަމާއި ފަސާދަ އާއި އިތުރުވެފައިވާ ދަނޑިވަޅެއްގައި ދެވަނަ ދައުރަކަށް ރައީސް ޔާމީން އަށް ފުރުސަތެއް ނުދެއްވާނަން
އިތުރު ފުރުސަތެއް ތޮއްޑޫ އިން ދެވެން ނެތް

ރުށްޖެހި ޓީޝާޓުލައިގެން ކުރިން ސައިކަލް ބުރު ޖެހި އއ. ތޮއްޑޫ ރައްޔިތުން ދެން އެ ޓީޝާޓުތައް ލައިގެން ސައިކަލު ބުރު ނުޖަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުން އއ. އަތޮޅަށް ކުރި ކެމްޕޭން ދަތުރުގެ ތެރެއިން އއ. ތޮއްޑޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް އެ ރަށަށް އަރަން ކެރިވަޑައިނުގެން، ރާއްޖޭގެ އުތުރުގެ ރަށެއްގައި ވާހަކަފުޅު ދައްކަވަމުން ތޮއްޑޫގައި އެއަރޕޯޓެއް އަޅާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ފަސް އަހަރުގެ ދައުރެއް ނިމެން ގާތްވެފައިވަނިކޮށް އެމަނިކުފާނު ހަމައެކަނި ކުރެއްވި ކަމަކީ ތޮއްޑޫގައި އެއަރޕޯޓް އެޅުމަށް ވިސްނުންތޯ އިބްރާހީމް ހަސަން ވަނީ ސުވާލު އުފައްދަވާފައެވެ.

"އެއަރޕޯޓް އެޅުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މަނިކުފާނު (ރައީސް ޔާމީން) އަޅުގަނޑަށް ވެވަޑައިގެންނެވި ވައުދުތައް، ޔޮޓު މެރީނާ، ފުޓްސަލް ދަނޑު، ބަށި ކޯޓު، ރަށުގެ މަގު ހެދުން، ނަރުދަމާ، ބަނދަރު ހެދުން، އެތަންތަން ހުޅުއްވައިދެއްވުމަށް ވޯޓުގެ ކުރިން ވަޑައިގަންނަވާށޭ" އިބްރާހީމް ހަސަން ވިދާޅުވިއެވެ.

އިބްރާހީމް ހަސަން  އިތުރަށް ވިދާޅުވީ އަނިޔާވެރިކަމާއި ޖަހާލަތާއި ހައްދުފަހަނަ އަޅާފައިވާ މީހެއް އަދި އަމިއްލަ ޒާތީ މަސްލަހަތު އިސްކުރައްވާ ވެރިއެއް ވެރިކަމަށް ދެނެއް ނުގެންނަވާނެ ކަމަށެވެ.

ދޮގާއި މަކަރާއި ވައްކަމާއި ފަސާދަ އާއި އިތުރުވެފައިވާ ދަނޑިވަޅެއްގައި ދެވަނަ ދައުރަކަށް ރައީސް ޔާމީން އަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ބާރާއި ނުފޫޒުގެ ބޭނުންކުރައްވައިގެން ވެރިކަމުގައި ހުންނެވިޔަސް އެމަނިކުފާނަކީ މުސްލިމް އުއްމަތެއްގެ ވެރިޔަކަށް ހުންނަވަން ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށް އިބްރާހީމް ހަސަން ވިދާޅުވިއެވެ.

ރައީސް ޔާމީން އަށް އިތުރު ފުރުސަތެއް ތޮއްޑޫ އިން ދެވެން ނެތްކަމަށް އިބްރާހީމް ހަސަން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް