ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 21:42
މާލޭގައި ހުންނަ ބަރިސްޓާ ކެފޭ  - ކެފޭތަކާއި ރެސްޓޯރެންޓުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ހުންނާނެމާ
މާލޭގައި ހުންނަ ބަރިސްޓާ ކެފޭ - ކެފޭތަކާއި ރެސްޓޯރެންޓުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ހުންނާނެމާ
ފޭސްބުކް
އިކޮނޮމިކް މިނިސްޓްރީ
ކެފޭތަކާއި ރެސްޓޯރެންޓުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ: އިކޮނޮމިކް މިނިސްޓްރީ
އޮގަސްޓް 18 ވަނަ ދުވަހުން އެގޮތަށް އަމަލު ކުރަން ނިންމާފައިވަނީ
ކެފޭތަކާއި ރެސްޓޯރެންޓުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވަން ނިންމި ސަބަބެއް ހާމައެއް ނުކުރޭ

އޮގަސްޓް 18 ވަނަ ދުވަހުން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓުގެ އިތުރުން ސައި ހޮޓާ، އަދި ކެންޓީން ކެފޭޓީރިއާ މެންދަމު އެކެއް ޖަހަންދެން ހުޅުވިފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ޓުވިޓަރ އެކައުންޓުން ހުކުރު ދުވަހުގެ ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކެފޭތަކާއި ރެސްޓޯރެންޓުގެ އިތުރުން ސައި ހޮޓާ، އަދި ކެންޓީން ކެފޭޓީރިއާ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައި ބެހެއްޓޭނެ ކަމަށެވެ. އެ މިނިސްޓްރީން ކެފޭތަކާއި ރެސްޓޯރެންޓުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވަން ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ.

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވައި، ޚިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރަން ނިންމައި، އެކަމުގެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މި އަހަރުގެ އޭޕްރިލް މަހު ބުނެފައެވެ.

އޭރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެ މިނިސްޓްރީން ވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު އެކަމުގެ އަމަލީ މަސައްކަތް ވަނީ ނުފެށިއެވެ.

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވައި ޚިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކޮށް، ވިޔަފާރިކުރުމުގެ ހުއްދަ އެންމެ ފަހުން ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައެވެ. އަދި އެ ބަދަލު ވެގެން ގޮސްފައިވަނީ ދިވެހިންގެ ތެރެއިން ގިނަ ބަޔެއްގެ ދިރިއުޅުމަށް ބޮޑު ފަސޭހައެއް ގެނައި ބަދަލަކަށެވެ. ނަމަވެސް އެ ހުއްދަ ނިމުމަކަށް ގެނެސްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ޝާމިލްވުމާއެކު އުފެދުނު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް