ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 23:00
ހުސެއިން މުހައްމަދު ޖަލްސާގައި ވާހަކަ ދައްކަވަނީ
ހުސެއިން މުހައްމަދު ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސި އިންތިޚާބު 2018
މިއީ އަނިޔާވެރިކަން ނިންމަން ލިބޭ އެންމެ ފަހު ފުރުސަތު: ހުސެއިން މުހައްމަދު
ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތައް ކޯލިޝަންގެ ސަރުކާރެއްގެ ހައްލު ކުރާނެ

މި އަހަރުގެ ރިޔާސީ އިންތިހާބަކީ އަނިޔާވެރިކަން ނިންމަން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބޭނުންވެވަޑައިގަންނަވަނީ އެމަނިކުފާނުގެ މުށުތެރެއަށް ހުރިހާ ކަމެއް ލައްވައިގެން ކަންކަން ކުރައްވަން ކަމަށާއި އެގޮތަށް ކަންތައްތައް ކުރެއްވުމުން ރައްޔިތުންނަށް ދަތި އުނދަގޫތަކާއި ކުރިމަތިވާ ކަމަށެވެ.

"ރައީސް ޔާމީން ބޭނުންވަނީ ހުރިހާ ކަމެއް އެމަނިކުފާނުގެ މުށު ދަށަށްލައިގެން އެމަނިކުފާނުގެ ސަރުކާރުންނޭ ކިޔައިގެން ކަންތައްތައް ކުރަން. މިކަމުން ރައްޔިތުންނަށް ވަނީ ދަތި، އުނދަގޫ، އަސްލު އެ ޖެއްސުން ކުރަނީ" ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތައް ކޯލިޝަންގެ ސަރުކާރެއްގެ ހައްލު ކުރާނެކަން ފާހަގަކުރައްވާ ހުސެއިން މުހައްމަދު ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ އަނިޔާ އާއި ވައްކަމުގެ އިތުރުން ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކުން ސަލާމަތް ކުރުމަށް ލިބޭ ފަހު ފުރުސަތު ކަމަށް ވެސް ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

"މިކަމުން ސަލާމަތް ކުރުމަށްޓަކައި މި ރަށުގެ ހުރިހާ ރައްޔިތުންނާއި އަތޮޅުގެ ހުރިހާ ރައްޔިތުން ރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކޮށް މިފަހަރު މިކަން ނިންމަންޖެހޭ، އަނިޔާވެރިކަން ނިންމަން ޖެހޭ، އަނިޔާވެރިކަން އެބައޮތް އިންތިހާއަށް" ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް