ކ. މާލެ
|
27 ޖެނުއަރީ 2017 | ހުކުރު 03:09
ބިލިއަޑް އެސޯސިއޭޝަންގެ ޗެއާމަން އިސްމާއިލް ރަޒީން
ބިލިއަޑް އެސޯސިއޭޝަންގެ ޗެއާމަން އިސްމާއިލް ރަޒީން
އަޒުމޫން އަހުމަދު
ޕޫލް ބިލިއާޑް
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
މިއަހަރު ރިސޯޓް ބިލިއަޑް މުބާރާތް ބާއްވާނެ
ވައިޑީޕީ އަށް މިއަހަރު ހާއްސަ އިސްކަމެއް ދެވޭނެ
މިއަހަރު ބިލިއާޑަށް ބޮޅުތަކެއް އިތުުރުވާނެ: ރަޒީން

ފާއިތުވި 2016 ވަނަ އަހަރަކީ ބިލިއަޑުގައި ކާމިޔާބީތަކެއް ހޯދުނު އަހަރެއް ކަމަށާއި އެހެން ނަމަވެސް މިހިނގާ 2017 ވަނަ އަހަރަކީ ގިނަ ގޮންޖެހުންތަކާއެކު ކުރީ އަހަރަށް ވުރެން ބޮޑު ކާމިޔާބީތަކެއް ހާސިލްކުރުމަށް ތައްޔާރަށް އޮތް އަހަރެއް ކަމަށް ބިލިއަޑް އެސޯސިއޭޝަންގެ ޗެއާމަން އިސްމާއިލް ރަޒީން ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ބިލިއަޑް ނައިޓުގައި ވާހަކަ ދައްކަވަމުން ރަޒީން ވިދާޅުވީ 2016 ވަނަ އަހަރު ނިމިގެންދިޔައީ ބިލިއަޑަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށާއި އެގޮތުން އެ އަހަރުގެ ތެރޭގައި ޖުމްލަ 7 މުބާރާތެއް ބޭއްވިގެންދިޔަ ކަމަށެވެ.

ދުއިސައްތަ އެއްހާ ގިނަ ކުޅުންތެރިންނާއެކު ފާއިތުވި އަހަރު ބިލިއަޑް އެސޯސިއޭޝަނުން އޮފީސް ބިލިއަޑް މުބާރާތް ހިންގި އިރު އެހެނިހެން މުބާރާތްތަކުގައި ޖުމްލަ 150 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ވެސް ރަޒީން ވިދާޅުވި އެވެ.

މި ކުޅިވަރަކީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ފޯރިއާއެކު ކުޅެމުން އަންނަ ކުޅިވަރެއްކަން ފާހަގަ ކުރަމުން ރަޒީން ވިދާޅުވީ މި އަހަރަކީ މި ކުޅިވަރަށް އިތުރު ބޮޅު ތަކެއް އިތުރު ވެގެންދާނެ އަހަރެއް ކަމަށާއި އެހެން ކަމުން މިއަހަރު އިންޓަރ ރިސޯޓް ބިލިއަޑް މުބާރާތް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

ބިލިއަޑް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި ކޮންމެ ރިސޯޓެއްގައި ވަކިވަކިން މުބާރާތްތައް ރާވާ ހިންގުމަކީ އެ އެސޯސިއޭޝަންގެ މާލީ ހާލަތު ޖާގަދޭ ކަމަކަށް ނުވާތީ ރިސޯޓް މުބާރާތުގައި ވާދަކުރާ ރިސޯޓުތަކުގެ ކުޅުންތެރިން ކުޅުމަށްޓަކައި އަންނަން ޖެހެނީ މާލެ އަށެވެ.

މީގެ އިތުރުން މިއަހަރަކީ ޔޫތު ޑިވޮލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ) އަށް އިސްކަމެއް ދެވިގެންދާނެ އަހަރެއްކަން ފާހަގަކުރަމުން ރަޒީން ވިދާޅުވީ އެސޯސިއޭޝަންގެ ޖާގައިގެ ދަތިކަމާއެކު އެންމެ އެދެވޭ ގޮތުގައި މި ޕްރޮގްރާމު ހިންގުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފަ އެވެ. އެހެންކަމުން ސްކޫލްތަކާއި ވަހަކަ ދެކެވި މިކަމަށް އަލިމަގެއް ފެންނަމުންދާ އިރު، ވަރަށް އަވަހަށް ވައިޑީޕީގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް ވެސް ރަޒީން ވިދާޅުވި އެވެ.

- ކޮމެންޓް