ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 23:12
އޭސީ މިލާން ކޮޅަށް ލަނޑު ޖެހުމަށްފަހު ޑިބަލާ އުފާފާޅުކުރަނީ
އޭސީ މިލާން ކޮޅަށް ލަނޑު ޖެހުމަށްފަހު ޑިބަލާ އުފާފާޅުކުރަނީ
ގޫގުލް
ކޮޕާ އިޓަލިއާ
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
މެޗުގައި އޭސީ މިލާންގެ މެނުއެލް ލޮކަޓެލީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ވަނީ ދައްކާފަ

ކޮޕާ އިޓަލިއާގައި އޭސީ މިލާން ބަލިކުރުމަށްފަހު ޔުވަންޓަސް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗު އޭސީ މިލާންއާ ވާދަކޮށް ޔުވަންޓަސް އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޔުވަންޓަސްއިންނެވެ. މި ލަނޑު 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ޑިބަލާ އެވެ.

މި ލަނޑަށްފަހުވެސް ޔުވަންޓަސް އިން ދިޔައީ އޭސީ މިލާންގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 21 ވަނަ މިނެޓުގައި ޕިޖަނިކް ކާމިޔާބުކޮށްދިން ލަނޑުން ޔުވަންޓަސް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އޭސީ މިލާންގެ މައްޗަށް ޔުވަންޓަސް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް އޭސީ މިލާނުން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ދެވަނަ ހާފްގައި ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް އެޓީމުގެ ވަރުގަދަ ހަމަލާތަކުގެ ހުރަހަކަށްވީ ޔުވަންޓަސްގެ ވަރުގަދަ ޑިފެންސެވެ.

އޭސީ މިލާނުން ނަތީޖާގެ ފަރަގު ކުޑަކުރީ 53 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޓޫރޯ ބެކާ އެވެ. މި ލަނޑަށްފަހުވެސް އޭސީ މިލާނަށްވަނީ ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެހެންނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި އޭސީ މިލާންގެ މެނުއެލް ލޮކަޓެލީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާއެކު އެޓީމުގެ ކުޅުންތެރިންގެ އަދަދު 10 އަކަށް ވެއްޓި ކުޅުން މުޅިން ހަލާކުވެގެންދިޔައެވެ. އެގޮތުން މެޗުގެ ފަހުވަގުތު މޮޅަށް ކުޅެފައިވަނީ ޔުވަންޓަސްއެވެ.

- ކޮމެންޓް