ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 21:11
ހަތަރެއް ގުނަ ސަތޭކަ މީޓަރު ދުވުމުން ރަން މެޑަލް ހޯދި ޖަމައިކާގެ ހަތަރު ކުޅުންތެރިން
ހަތަރެއް ގުނަ ސަތޭކަ މީޓަރު ދުވުމުން ރަން މެޑަލް ހޯދި ޖަމައިކާގެ ހަތަރު ކުޅުންތެރިން
ގޫގުލް
ބޯލްޓަށް ރަން މެޑަލްއެއް ގެއްލ
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ބޯލްޓް އަށް ރަން މެޑަލް ގެއްލުނީ ޖަމައިކާގެ ނެސްޓާ ކާޓާ ޑޯޕިން ޓެސްޓުން ފެއިލްވުމާ ގުޅިގެން
ނިމިގެންދިޔަ އަހަރު ރިއޯގައި ކުރިޔަށްދިޔަ އޮލިމްޕިކް ގޭމްސްގައި އުމުރުން 30 އަހަރުގެ ބޯލްޓް ވަނީ ތިން ރަން މެޑަލް ހޯދާފަ

އޮލިމްޕިކްސްގައި ޖަމައިކާގެ އުސެއިން ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެއެވެ.

ބޯލްޓް އަތުން މި ރަން މެޑަލް ގެއްލުނީ "ހަތަރެއް ގުނަ ސަތޭކަ" މީޓަރު ދުވުމުގެ ޓީމް އިވެންޓުގައި ވާދަކުރި ޖަމައިކާގެ ނެސްޓާ ކާޓާ ޑޯޕިން ޓެސްޓުން ފެއިލްވުމާ ގުޅިގެންނެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ އިން ޖުމްލަ 454 އެތުލީޓުން މިދިޔަ އަހަރު ޑޯޕިންއަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނުނު ކާޓާވަނީ މަނާ ބޭހެއް ބޭނުންކުރި ކަމަށް ޕޮޒިޓިވްވެފައެވެ.

ނިމިގެންދިޔަ އަހަރު ރިއޯގައި ކުރިޔަށްދިޔަ އޮލިމްޕިކް ގޭމްސްގައި އުމުރުން 30 އަހަރުގެ ބޯލްޓް ވަނީ ތިން ރަން މެޑަލް ހޯދާފައެވެ. އެއީ 100 މީޓަރު ދުވުމުން، 200 މީޓަރު ދުވުމުން އަދި ހަތަރެއްގުނަ 100 މީޓަރުންނެވެ. އެހެންނަމަވެސް އޭގެ ތެރެއިން ހަތަރެއްގުނަ 100 މީޓަރު ދުވުމުގެ ރަން މެޑަލް ބޯލްޓަށް ވަނީ ގެއްލިފައެވެ.

ޑޯޕިން ޓެސްޓުން ފެއިލްވި އުމުރުން 31 އަހަރުގެ ކާޓާ ވަނީ މީގެ ފަސް އަހަރު ކުރިން ލަންޑަންގައި ކުރިޔަށްދިޔަ އޮލިމްޕިކް ގޭމްސްގައި ވާދަކޮށްވެސް ރަން މެޑަލް ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ 2011،2013 އަދި 2015 ވަނަ އަހަރު ޖަމައިކާ އިން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެޓީމުގައި ހިމެނިފައެވެ.

 

- ކޮމެންޓް