ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 12:51
އެންޖެލީނާ ޖޮލީއާއި ބްރެޑް ޕިޓް: މި ދެމީހުން ވަކިން އުޅޭތާ 2 އަހަރު ވެއްޖެ
އެންޖެލީނާ ޖޮލީއާއި ބްރެޑް ޕިޓް: މި ދެމީހުން ވަކިން އުޅޭތާ 2 އަހަރު ވެއްޖެ
ގޫގުލް
އެންޖެލީނާ ޖޮލީ، ބްރެޑް ޕިޓް
އެންޖެލީނާ ޖޮލީ، ބްރެޑް ޕިޓް ކައިރިން ވަރިވާން ނިންމައިފި
މި ދެމީހުން ވަކިން އުޅޭތާ 2 އަހަރު ވެއްޖެ
ޖޮލީ ވަނީ ކައިވެނި ރޫޅާލަން ނިންމާފައި
2018 ނިމުމުގެ ކުރިން ވަރިކޮށްދިނުމަށް އެދި ޖޮލީ ވަނީ ކޯޓުގައި އެދިފައި

އެމެރިކާގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ އޭނާގެ ފިރިމީހާ ބްރެޑް ޕިޓް ކައިރިން ވަރިވާން ނިންމައިފިއެވެ.

މީގެ ދެ އަހަރު ކުރިން ދެމީހުން ވަކިން އުޅޭއިރު ޖޮލީ މިހާރުވަނީ ލޮން އެންޖަލަސްގެ ސުޕީރިއާރ ކޯޓަށްވެސް މައްސަލަ ހުށަހަޅާފައެވެ. އެގޮތުން 2018 ވަނަ އަހަރު ނިމުމުގެ ކުރިން ވަރިވާން ބޭނުންވާ ކަމަށް ޖޮލީ ވަނީ ބުނެފައެވެ.

ވަރިވާން އެދި މައްސަލަ ހުށަހަޅާފައިވާއިރު މިވީ ދުވަސްތަކުގައި ޕިޓްގެ ފަރާތުން ކުދިންނަށް އެކަށީގެންވާ ލޯތްބާއި އަޅާލުންވެސް ލިބިފައި ނުވާ ކަމަށް ޖޮލީ ބުންޏެވެ.

މި ފަންނާނުން އެކުގައި ދިހަ އަހަރު ހޭދަ ކުރުމަށްފަހު ވަކިވާއިރު، މިދެމީހުން ވެފައިވަނީ އެއިރު ހޮލީވުޑުގައި ތިބި އެންމެ ބާރުގަދަ އަދި އެންމެ ރީތި ކަޕަލްސްއިންގެ ތެރޭގައި ހިމެނިފައެވެ. މި ދެމީހުންގެ ހަ ދަރިން ތިބި އިރު، ޖޮލީ ދަނީ ދަރިންގެ ހުރިހާ ކަމެއް އޭނާގެ ބެލުމުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ.

ރޮއިޓާރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަފްތާގެ އަންގާރަ ދުވަހު ޖޮލީ ވަނީ ވަރީގެ ކަންކަން ވީހާވެސް އަވަހަށް ނިންމައިދިނުމަށް ކޯޓުގައި އެދިފައެވެ.

ބްރެޑް ޕިޓްގެ ފަރާތުން މިކަމާއި ވާހަކަދައްކަން ބޭނުން ނުވި ނަމަވެސް، ޕިޓްއާއި ގާތް މީހަކު ބުނެފައިވަނީ، ޕިޓް އަކީ ބުނާ ކޮންމެ ބަހެއްގެ އިތުބާރު ދަމަހައްޓާ މީހެއް ކަމަށެވެ.

ޖޮލީ އާއި ޕިޓްގެ ކައިވެނި ރޫޅާލަން ޖެހުނީ ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލުނުވެގެންނެވެ. އަދި، ދެމީހުން ދުރުވުމަށްފަހު ކުދިން ބަލަހައްޓާނީ ކާކުތޯ ނިންމުމަށް ކުރިއަށްގެންދިޔަ ކަންތައްތަކުގެ ތެރޭގައި ޕިޓް، ކުޑަކުއްޖަކާއި ބެހުނު ކަމަށް މައްސަލައެއް ފެންމަތިވެ އެކަން އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ވަނީ ތަހްޤީޤުން ނިންމާފައެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޕިޓްގެ މަޤްބޫލުކަން ދަށްވެފައިވާއިރު، އެންޖެލީނާ ޖޮލީ ވަނީ ފެއަރީ ޓޭލް ޑްރާމާއެއް ކަމަށްވާ މެލިފިސެންޓްގެ މަސައްކަތްކޮށްފައެވެ.

 

 

 

- ކޮމެންޓް