ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 19:09
ސީއޯޓީޓީއެމް 2017 ފެއަރގެ ތެރެއިން
ސީއޯޓީޓީއެމް 2017 ފެއަރގެ ތެރެއިން
ޓްވިޓަރ
ޗައިނާ- އޭޝިއަން އެކްސްޕޯ
ޗައިނާ-އާސިއާން އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
އޮގަސްޓްމަހުގެ 14 ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

ޗައިނާ- އާސިއާން އެކްސްޕޯ ޓުއަރިޒަމް އެގްޒިބިޝަން 2018ގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެމްއެމްޕީއާރްސީން އާންމުކުރި ސާރކިއުލާރއެއްގައި ބުނެފައިވަނީ މިއެގްޒިބިޝަންގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓްމަހުގެ 14 ވަނަ ދުވަހުގެ ކުރިން ކޯ-އެގްޒިބިޓަރ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށްފައި ހުށަހަޅަންވާނެ ކަމަށެވެ.

އެގޮތުން ރިސޯޓްތަކާއި ހޮޓެލްސް، ފޮރިން ޓްރެވެލް އެޖެންޓްސް އަދި ޓުއަރ އޮޕަރޭޓަރުންނަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 1،060 ޑޮލަރެވެ. މީގެ އިތުރުން ގެސްޓްހައުސް، ޕިކްނިކް އައިލެންޑް، ސަފާރީ އުޅަނދު، ޑައިވް އޮޕަރޭޓާސް، ލޯކަލް ޓްރެވެލް އެޖެންޓްސް، ޓްރާންސްފަރ އެޖެންޓުންގެ ރަޖިސްޓްރޭޝަން ފީ އަކީ 530 ޑޮލަރު ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ޗައިނާ- އާސިއާން އެކްސްޕޯ އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 26 އިން 28އަށް ޗައިނާގެ ގުއިލިން ގުއާންގްޒީގެ އިންޓަރނޭޝަނަލް ކޮންފަރެންސް އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ.

މި އެގްޒިބިޝަންގެ ތެރެއިން ޓްރެވެލް ޓްރޭޑް ޕާޓްނަރުންނަށް ވަން-ޓު-ވަން މީޓިންއާއި އަދި ދާއިރާގެ ޕްރޮފެޝަނަލް ފަރާތްތަކާއި އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ ތަނެކެވެ. އަދި ދެ ދުވަސް އާންމުންނަށް ހުޅުވާލާއިރު 800 އަށްވުރެ ގިނަ އެގްޒިބިޓަރުން ދުނިޔޭގެ 64 ގައުމަކުން ބައިވެރިވާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ 6000 އަށްވުރެ ގިނަ ތަޖްރިބާކާރުން ބައިވެރިވާނެއެވެ.

އަދި އެގްޒިބިޝަންގެ ޙަބަރު ދުނިޔޭގެ 60 އަށްވުރެ ގިނަ މީޑިޔާއިން ކަވަރ ކުރާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު މާރކެޓެއް އޮތް ޗައިނާއިން 2017 ވަނަ އަހަރުގެ ނިޔަލަށްވެސް ވަނީ ތިން ލައްކަ ހަހާސް ފައްސަތޭކަ ތިރީސް ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް