ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 17:09
ރާއްޖެޓީވީ - ސެޓޭޝަން ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށްފައިވަނީ 4 މިލިއަން ރުފިޔާއިން
ރާއްޖެޓީވީ - ސެޓޭޝަން ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށްފައިވަނީ 4 މިލިއަން ރުފިޔާއިން
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ޖޫރިމަނާކުރުން
ރާއްޖެޓީވީއާ ދެކޮޅަށް ކުރި ޖުރިމަނާ އަނބުރާ ގެންދިއުމަށް އައިއެފްޖޭ އިން ގޮވާލައިފި
ޖޫރިމަނާ މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފައި
ރާއްޖެޓީވީއާ ދެކޮޅަށް އެޅި ފިޔަވަޅު ކުށްވެރި ކޮށްފައިވޭ
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށް ތުހުމަތުކޮށްފައިވޭ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން, ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާ މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން ހުކުރު ދުވަހު ނެރުނު ޕްރެސް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ރާއްޖެޓީވީއާ ދެކޮޅަށް އެޅި ފިޔަވަޅު ކުށްވެރި ކުރާ ކަމަށާއި ސިޔާސީ ފަރާތަކުން ދެއްކި ވާހަކައެއް ބްރޯޑްކާސްޓް ކުރިޔަސް އެ ސްޓޭޝަން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

ދެ އަހަރު ދުވަސް ތެރޭގައި ރާއްޖެޓީވީ ޖުރިމަނާ ކޮށްފައިވާ ހަތަރު ވަނަ ފަހަރުކަން ފާހަގަކޮށް އައިއެފްޖޭ އިން ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނު މެދުވެރިކޮށް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އިހްތިރާމް ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެދޭ ކަމަށެވެ.   

ބުދަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ ކޮށްފައިވަނީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ. މި ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އެ މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާއިރު، ގައުމީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނުން މަތިކޮށް އެކަމުގެ ވާޖިބު ހަވާލު ކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްވެސް ނެތްކަން ރާއްޖެޓީވީން ވަނީ  ފާހަގަކޮށްފައިއެވެ. އޭގެއިތުރުން އެކަމުގެ މައްސަލައެއްވެސް ބަލާފައެއް ނެތްކަންވެސް ސްޓޭޝަނުން ފާހަގަކޮށްފައިވެއެވެ. އެ ވާހަކަ ދެއްކި މީހާއާ ސުވާލެއް ވެސް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް