ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 11:20
ޕްރިޔަންކާ ޗޮޕްޅާ
ޕްރިޔަންކާ ޗޮޕްޅާ
ގޫގުލް
ޕްރިޔަންކާ ޗޮޕްރާާ
ޕްރިޔަންކާގެ 'ދަ ސްކައި އިޒް ޕިންކް'ގެ ޝޫޓިން ފަށައިފި
ފިލްމުގެ ޝޫޓިން ފަށާފައި ވަނީ އިއްޔެ

ބޮލީވުޑްގެ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ޕްރިޔަންކާ ޗޯޕްޅާ ފަށައިފިއެވެ.

މީގެ ކުރިން ބެލެވުނު ގޮތުގައި ދުވަސްތަކަކަށް ފަހު ޕްރިޔަންކާ ފެނިގެންދާނީ މިހާރު ޝޫޓު ކުރަމުންދާ ފިލްމު "ބާރަތު" އިންނެވެ. އެހެން ނަމަވެސް ޕްރިޔަންކާ ވަނީ "ބާރަތު" އަށް ސޮއި ކުރުމަށް ފަހު، އެ އެ ފިލްމް ދޫކޮށްލާފައެވެ. ފިލްމު ދޫކޮށްލި ސަބަބެއް އޭނާ ހާމަކޮށްފައި ނުވާ އިރު އެކަމާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ވަނީ ދައްކާފައެވެ. 

"ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ފެށުނުކަން އަންގައި ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމުގައި އެ ފިލްމުގައި ހިމެނޭ ތަރިންނާ އެކު ނަގާފައިވާ ގްރޫޕް ފޮޓޯއެއް ލާފައެވެ. ފޮޓޯގައި ފިލްމްގެ ޑައިރެކްޓަރު ޝޮނާލީ ބޯސް އާއި ކޯ-ސްޓާރުން ކަމަށްވާ ފަރްހާން އަޚްތަރް އާއި ޒާއިރާ ވަސީމް އާއި ޕްރޮޑިއުސަރުން ވެސް ތިއްބެވެ.

 

A post shared by Priyanka Chopra (@priyankachopra) on

 މިފިލްމު ވެގެންދާނީ ވެގެން ދާނީ 2016ގެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ޕްރިޔަންކާ ފެނިގެން ދާނެ ފިލްމަށެވެ.

އެންމެ ފަހުން ޕްރިޔަންކާ ފެނިފައިވާ ބޮލީވުޑްގެ ފިލްމަކީ "ޖެއި ގަންގާޖަލް" އެވެ. 

ޝޯނާލީ ބޯސްގެ ވާހަކައެއްގެ މައްޗަށް އުފައްދާ "ސްކައި އިޒް ޕިންކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ. 

- ކޮމެންޓް