ރާއްޖޭގައި ފުރަތަމަ އަންހެން އެކަޑެމީއާއެކު ނިއު ރޭޑިއަންޓްގެ ފުޓުބޯޅަ އެކަޑެމީގައި ބައިވެރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަޕޯޓާސް ޔޫނިއަން ފޭސްބުކް ޕޭޖުގައި މި ފުރުސަތު ހުޅުވާލާފައިވާއިރު، ނިއުގެ އެކަޑެމީގައި ބައިވެރވެވެނޭނީ އުމުރުން ހަ އަހަރާއި 19 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށެވެ.
މިއަހަރު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުއިން ދަނީ ގިނަ މަސައްކަތަތްތަކެއް ކުރަމުންނެވެ. އެގޮތުން ނިއު ރޭޑިއަންޓްގެ އެކަޑެމީ އިތުރަށް ފުޅާކޮށް، މާލެއާއި އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް އަންނަ ސީޒަންގައި ހިންގުމަށްވަނީ ނިންމާފަ އެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި ފުޓްސަލް އެކަޑަމީއެއް ޕްރޮފެޝަނަލް ބޭރުގެ ކޯޗަކާއެކު ފުށެމަށް ނިއުއިންވަނީ ނިންމާފަ އެވެ.
މީގެއިތުރުންވެސް ކްލަބްގެ ސަޕޯޓަރުންނަށް ޚާއްސަ ކެފޭއަކާއިއެކު ޖިމްއެއްގެ އަމަލީ މަސައްކަތް ފެށުމަށް ނިއުއިންދަނީ ތައްޔާރުވަމުންނެވެ. ހަމަމިއާއެކު ކްލަބުގެ މާޗެންޑައިސް ގެނައުމާއި ކްލަބް ލޯބި އިތުރުކުރުމަށް ނިއުއިންވަނީ މިސީޒަންގައި ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.
ވޭތުވެދިޔަ ސީޒަންގައިވެސް ނިއުގެ އެކަޑެމީގެ ކޯޗަކަށް އެޓީމުންވަނީ ބިދޭސީ ކޯޗެއް ކަމަށްވާ ރަޑޮއި މިންކޮވްސްކީ ގެނެސްފަ އެވެ.