ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 04:00
މޮގަދިސޫގައި ދިން ހަމަލާގެ ތެރޭގައި
މޮގަދިސޫގައި ދިން ހަމަލާގެ ތެރޭގައި
ގޫގުލް
ބޮމުގެ ހަމަލާ
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ހަމަލާގައި 51 މީހުން ޒަޚަމްވި
ޒަޚަމްވި މީހުންގެ ތެރޭގައި 4 ނޫސްވެރިން ހިމެނޭ

ސޯމާލިޔާގެ ވެރިރަށް މޮގަދިސޫގެ ހޮޓަލެއްގައި އަލް ޝަބާބްއިން ދިން ބަޑިއާއި ބޮމުގެ ހަމަލާއެއްގައި 28 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އޮފިޝަލުން ބުނި ގޮތުގައި  ސޯމާލިޔާގެ ވެރި ރަށް މޮގަދިސޫގައި ހުންނަ މަޖިލިސްކުރާގެއާ ކައިރީގައި ހުންނަ ޑަޔާ ހޮޓަލުގެ ދޮރާށިން ބުދަ ދުވަހު ހެނދުނު ފުރަތަމަ ވަދެގެން އައީ ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް ކަމަށާއި އެއަށްފަހު ހަތިޔާރު އެޅި ބަޔަކު ސެކިއުރިޓީ އޮފިސަރުންނާ ހަމަލާ ބަދަލުކުރަން ފެށި ކަމަށެވެ.

އޭއެފްޕީ ނިއުސް އޭޖެންސީން ބުނިގޮތުގައި އެއަށްފަހު ބޮޑު ކާރުބޮމެއް ގޮވާފައިވަނީ އެމްބިއުލާންސާއި ނޫސްވެރިންވެސް އެސަރަހައްދަށް އާދެވުނު ފަހުން ކަމަށާއި 4 ރިޕޯޓަރުންވެސް ޒަޚަމްވެފައިވާކަމަށެވެ.

"ދެ ގޮވުމެއްގައި 28 މީހުން މަރުވެ 43 މީހުން ޒަޚަމްވެފައިވޭ،" ކެޕިޓަލް އެމްބިއުލާންސް ސަރވިސްގެ ޑައިރެކްޓަރ އަބްދިރަހްމާން ރޮއިޓާސްއަށް ޔަޤީން ކޮށްދީފައި ވެއެވެ.

ސެކިއުރިޓީ މިނިސްޓަރ އަބްދިރިޒާކް އުމަރު ނޫސްވެރިނަށް ވިދާޅުވެފައިވަނީ ހޮޓެލްގައި ގޮވީ  ދެގޮވުމެއްގައި 51 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި ފްރީލްންސްކޮށް މަސައްކަތް ކުރާ އަލްޖަޒީރާގެ ރިޕޯޓަރަކުވެސް ހިމެނޭ ކަމަށެވެ.

- ކޮމެންޓް