ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 18:10
މޮޑްރިޗް އަދި ކޮވަސިޗް ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު
މޮޑްރިޗް އަދި ކޮވަސިޗް ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ކޮވަސިޗް އަދި މޮޑްރިޗް ވެސް ރެއާލްގައި މަޑުކުރާނެ
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ އޭނާ ވިއްކާލާނީ 750 މިލިއަން ޔޫރޯއަށް ކަމަށް
ޗެލްސީއިން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކޮވަސިޗް ހޯދުމަށް މަސައްކަތްކުރަމުން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރުން ކަމަށްވާ ލޫކާ މޮޑްރިޗް އަދި މަޓެއޯ ކޮވަސިޗް އެޓީމުގައި މަޑުކުރާނެ ކަމަށް އެޓީމުގެ ކޯޗު ހޫލިއަން ލޮޕްޓެގީ ބުނެފިއެވެ. 

ފާއިތުވެދިޔަ ސީޒަންތަކުގައި ރެއާލްގެ މިޑްފީލްޑުން ފެނުނު އެންމެ މުހިންމު ކުޅުންތެރިޔަކީ މޮޑްރިޗް ކަމަށްވާ އިރު އޭނާ ހޯދުމަށް އިޓަލީގެ އިންޓަރ މިލާނުން ދަނީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ކޮވަސިޗްއަށް ގިނަ ފަހަރު ފުރުސަތު ލިބިފައި ވަނީ ރެއާލްގެ ބެންޗުންނެވެ. ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ޒިދާން އިސްތިއުފާ ދީފައިވުމާ އެކު އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ދިޔުމާ އެކު މޮޑްރިޗް ވެސް އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މޮޑްރިޗްއާ ގުޅޭ ގޮތުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ އޭނާ ވިއްކާލާނީ އޭނާގެ 750 މިލިއަން ޔޫރޯގެ ރިލީޒް ފީ ދެއްކުމުން ކަމަށެވެ. 

ރެއާލްގެ ކޯޗު ލޮޕްޓެގީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ރައީސް ވިދާޅުވި ގޮތަށް އަންނަ ސީޒަނުގައި ވެސް މޮޑްރިޗް ފެނިގެންދާނީ ރެއާލްއިން ކަމަށެވެ. މޮޑްރިޗްއާ ވެސް ވާހަކަ ދެއްކި ކަމަށާއި އޭނާ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ޓީމުގެ ކުޅުންތެރިންނާއި ވަކިވަކިން ބައްދަލުކޮށް ހިޔާލު ބަދަލުކުރާ ކަމަށެވެ. ހަމައެހެންމެ ކޮވަސިޗް ވެސް އެއްވެސް މައްސަލައެއް ނެތި ޓީމާ އެކު ފަރިތަކުރި ކަމަށާއި އޭނާއަކީ ވެސް ރެއާލްގެ ކުޅުންތެރިޔަކަށް ވުމާ އެކު ވަރަށް އުފާވާ ކަމަށެވެ. 

ލޮޕްޓެގީ ބުނީ އޭނާ ދެކޭ ގޮތުގައި އަންނަ ސީޒަނުގައި ވެސް މޮޑްރިޗް އަދި ކޮވަސިޗް ވެސް ކުޅޭނީ ރެއާލްއަށް ކަމަށާއި އެ ދެ ކުޅުންތެރިން ވެސް މިވަގުތު ރެއާލްގައި ތިބީ ހިތްހަމަޖެހިގެން ކަމަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީ އިން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކޮވަސިޗް ހޯދުމަށް މަސައްކަތްކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް