ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 16:35
ނޫސްވެރިޔާ އަހުމަދު ރިލްވާން
ނޫސްވެރިޔާ އަހުމަދު ރިލްވާން
ރާއްޖެ އެމްވީ
ރިލްވާން މައްސަލަ
ރިލްވާން ގެއްލުނު މައްސަލަ ފޮރުވުމުގައި ރައީސް ޔާމީންގެ ދައުރެއްވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފި
ރައީސް ޔާމީން ޖަވާބުދާރީ ކުރުވަން ޖެހޭނެ
ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވެފައިވާ ކަމަށް ޝައްކު ނުކުރައްވާ ކަމަށް
ރިލްވާން ގެއްލުވައިލި މައްސަލަ ބަލަން އިސްކަން ދޭން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އަދީބު ތުހުމަތުކުރެއްވި

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ ފޮރުވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދާކުރައްވާ ދައުރު ތަހުޤީޤު ކުރެވެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ރިލްވާން ހޯދުމުގެ މަސައްކަތަށް ރައީސް ޔާމީނު ހުރަސް އެޅުއްވި ކަމަށް ތުހުމަތުކުރައްވައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވި ވާހަކަތަކަށް އިޝާރާތްކުރައްވައި ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލަ ތަހުޤީޤް ކުރަން އުޅުމުން އެކަން ތަހުޤީޤް ނުކުރުމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމަށް އެބޭފުޅުންނާއި ވަޒީރުން އެއްބަސްވެފައިވާ ކަމަށާއި އެކަމަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
7 އޯގަސްޓް 2018 | އަންގާރަ 18:58
ކަލޯގަޔާ
ރާއްޖޭގެ ރައީސަކީ 1.ރާއްޖޭގެ ގޭންގް ލީޑަރު، 2.ރާއްޖޭގެ މާފިއާ ލީޑަރު. 3. ރާއްޖޭގެ އެންމެ ބޮޑުވަގު 4. ރާއްޖޭގެ އެއްނަމްބަރު ކްރިމިނަލް 5. ރާއްޖޭގެ ގޭ ކޮމިއުނިޓީ ލީޑަރު