ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 14:43
ދިރާގު އެނުއަލް އެވޯޑް 2017: ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވާ މުހައްމަދު މިރްޝާން ހަސަން
ދިރާގު އެނުއަލް އެވޯޑް 2017: ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވާ މުހައްމަދު މިރްޝާން ހަސަން
ދިރާގު
ދިރާގު އިނާމު ދިނުމުގެ ޖަލްސާ
ދިރާގުގެ 29 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
މިއީ ދިރާގުން މުވައްޒަފުންނަށް ބާއްވާ އެންމެ ހާއްސަ އެއް ހަފުލާ
2018 ވަނަ އަހަރަކީ ދިރާގަށް ފަހުރުވެރި 30 އަހަރު ފުރޭ އަހަރު
600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރޭ

ދިރާގު އެނުއަލް އެވޯޑް 2017 ހުކުރު ދުވަހުގެ ރޭ ކްލަބްފަރުގައި ބާއްވައިފިއެވެ.

މިއީ ދިރާގު މުވައްޒަފުންނަށް ބާއްވާ އެންމެ ހާއްސަ އެއް ހަފްލާ ކަމަށްވާއިރު، މި އެވޯޑް ހަފްލާގެ މައިގަނޑު މަޣްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު ވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށް ދިރާގުން ބުންޏެވެ. 

ކުންފުނީގެ އެންމެ ޝަރަފްވެރި އިނާމު ކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ ކުންފުނީގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަނެވެ.

 އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް, އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 31 މުވައްޒަފަކަށް ދީފައިވެއެވެ.

ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި މިގޮތުން މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށް ދިރާގުން ބުންޏެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. 

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުނި ކަމަށްވާއިރު، 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދެއެވެ. އަދި މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.

2018 ވަނަ އަހަރަކީ ދިރާގަށް ފަހުރުވެރި 30 އަހަރު ފުރޭ އަހަރަށް ވާއިރު، ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެގޮތް މަގުފަހި ކުރަން ދިރާގުން ދަނީ ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދެމުން ކަމަށްވެސް އެކުންފުނިން ބުންޏެވެ. 

 

- ކޮމެންޓް