ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 20:24
އުޒްބަކިސްތާނުގެ ސްޕްރީމް ކޯޓު
އުޒްބަކިސްތާނުގެ ސްޕްރީމް ކޯޓު
ރާއްޖެއެމްވީ
އުޒްބަކިސްތާން
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
 
ރައީސް އިސްލާމް ކަރީމޯވް ވެރިކަމަށް ވަޑައިގެންނެވި ފަހުން އަފޫއާންމު ދިނުމަކީ ކޮންމެ އަހަރަކުވެސް ކުރައްވާ ކަމަކަށްވާއިރު މިދިޔަ އަަހަރު ދިން އަފޫއާންމުގައި 55،000 މީހުން ހިމެނިފައިވޭ

އުޒްބަކިސްތާނުން 40،000 އަށް ވުރެ ގިނަ ގައިދީންނަށާއި އަދި ބަންދުގައި ތިބި މީހުންނަށް އަފޫއާންމު ދީފި ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

 

މިކަމާ ގުޅޭ ގޮތުން އުޒްބަކިސްތާނުގެ ސްޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފާސްކުރި ގަރާރު މިމަހުގެ ތެރޭގައި ތަންފީޒުކުރަން ފަށައި އޭގެދަށުން 39،748 ގައިދީންނަށް އަފޫއާންމު ދީފައިވާ ކަމަށެވެ. އަފޫއާންމު ދިން ދިނުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވުނު ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ. ސްޕްރީމް ކޯޓުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަފޫއާންމު ދިނުމުގައި ބޮޑަށް ބަލާފައިވަނީ އެކިއެކި ކުށްކުށުގައި ޖަލަށްލާފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން 60 އަހަރުން މަތީގެ ފިރިހެނުންގެ އިތުރުން، ޖަލަށް ލާފައި ތިބި ބޭރު ގައުމުތަކުގެ މީހުން ކަމަށެވެ.


އުޒްބަކިސްތާނުގެ މިހާރު އަވަހާރަވެފައިވާ ރައީސް އިސްލާމް ކަރީމޯވް 1991 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަފޫއާންމު ދިނުމަކީ ކޮންމެ އަހަރަކު ވެސް ކުރައްވާ ކަމަކަށްވާއިރު މިދިޔަ އަހަރު ދިން އަފޫއާންމުގައި 55،000 މީހުން ހިމެނިފައި ވެއެވެ.

 

އުޒްބަކިސްތާނުގެ ރައީސްކަމަށް އިސްލާމް ކަރީމޯވް ވަޑައިގެންނެވީ ސޯވިއެޓް އިއްތިހާދު ރޫޅި އުޒްބަކިސްތާނު މިނިވަން ދައުލަތަކަށްވެ އެގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްގެންނެވެ. ރައީސް ކަރީމޯވް އަވަހާރަވެފައިވަނީ އުމުރުފުޅުން 78 އަހަރުގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް