ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 16:36
މީހަކު ގެންގުޅުނު ކެމްޕެއިން ޕޯސްޓަރެއް ފުލުހުން އަތުލަނީ
މީހަކު ގެންގުޅުނު ކެމްޕެއިން ޕޯސްޓަރެއް ފުލުހުން އަތުލަނީ
ސިމާހާ ނަސީމް
ފުލުހުންގެ ބަޔާން
ޤައިދީން ޕްރޮމޯޓްކުރާ ނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
ތާއީދު ހޯދުމުގެ ގޮތުން ޤައިދީން ޕްރޮމޯޓްނުކުރަން ވަނީ އަންގާފައި
އެ ފަރާތްތައް ކުރިއަށް ނެރެ ޝަހްސު އޮޅޭ ގޮތަށް ހަރަކާތްތައް ހިންގަމުންދޭ: ފުލުހުން
ގުޅިފައިވާ ޕާޓީތަކުން ދަނީ ހުކުމެއްގެ މަތީގައި ތިއްބެވި ލީޑަރުންގެ ފޮޓޯ ބޭނުންކުރަމުން

ޤައިދީން ޕްރޮމޯޓްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އަނެއްކާ ވެސް އިންޒާރުކޮށްފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝަރުއީ ހުކުމްތައް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، އެ ފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތަށް ތާއީދު ހޯދުމުގެ ގޮތުން ޤައިދީން ޕްރޮމޯޓްކުރާކަން އެ މުއައްސަސާ އަށް ފާހަގަ ވެފައިވާ ކަމަށެވެ.

ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެން އެ ފަރާތްތައް ކުރިއަށް ނެރެ ޝަހްސު އޮޅޭ ގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ޤާނޫނުތަކާއި ޤަވާއިދުތަކާ ހިލާފު ހަރަކާތްތައް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ޤާނޫނުތަކާއި ޤަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އިލްތިމާސްކޮށް ފުލުހުން ބުނެފައި ވަނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ މައްސަލަތައް ބަލައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވާ އިރު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ހަރަކާތުގެ ތެރެއިން ވަނީ މާލެ ސިޓީގައި ޕޯސްޓަރުތަކެއް ހަރުކޮށްފައެވެ. އަދި އެ ކެމްޕެއިން ޕޯސްޓަރުތަކުގައި ޖަލު ހުކުމްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲގެ ފޮޓޯ ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 އޯގަސްޓް 2018 | ހޮނިހިރު 11:48
ހެއްރަބެ
ފޮޓޯ ޖެހި ޓީ ޝާޓްލާން ފަށާ.!! މިއޮތީވާކަމެއް....ދ