ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 19:31
އެޕްލް ކުންފުނީގެ މަޝްހޫރު އައިފޯން
އެޕްލް ކުންފުނީގެ މަޝްހޫރު އައިފޯން
ގެޓީ އިމޭޖަސް
ޓްރިލިއަން ޑޮލަރު
ދުނިޔޭގެ ފުރަތަމަ ޓްރިލިއަން ޑޮލަރުގެ ޕަބްލިކް ކުންފުންޏަކަށް އެޕަލްވެއްޖެ
ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ ރިކޯޑް އަދަދަކަށް އަރާފައި
އައިފޯނު ވުޖޫދަށް އައިފަހުން 1،100 ޕަސަންޓަށް ހިއްސާ ވަނީ އުފުލިފައި

ދުނިޔޭގެ ފުރަތަމަ ޓްރިލިއަން ޑޮލަރުގެ ޕަބްލިކް ކުންފުންޏަށް ފޯނު ހެދުމަށް މަޝްހޫރު އެޕަލްވެއްޖެއެވެ.

ބުރާސްފަތި ދުވަހު ދުނިޔޭގެ އެންމެ އަގުބޮޑު، ޓްރިލިއަން ޑޮލަރުގެ ކުންފުންޏަށްވުމުން އެޕަލްގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެ ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ 207.39 ޑޮލަރުގެ ރިކޯޑް އަދަދަށް އަރާފައެވެ.

ކުންފުނީގެ ހިއްސާގެ އަގު އަންގާރަ ދުވަހު އުފުލެން ފަށާފައިވާއިރު ކުރިއަށް އޮތް ތިން މަސް ދުވަސް ވަންދެން ހިއްސާގެ އަގު އުފުލޭނެ ކަމަށް ދަނީ ބެލެވެމުންނެވެ. އެޕަލްއިން ޓްރިލިއަން ޑޮލަރުގެ މަގާމު ހޯދާފައި ވަނީ އެމޭޒަންއާއި މަކްރޯސޮފްޓްފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ވާދައަށް ނިކުމެއެވެ.

ދުނިޔޭގެ މޯބައިލް ފޯނުގެ މާކެޓަށް އެންމެ ބޮޑު އިންގިލާބެއް ގެނައި އައިފޯނު 2007 ގައި ވުޖޫދަށް އައިފަހުން ހިއްސާގެ އަގުވަނީ 1،100 ޕަސަންޓު އުފުލިފައެވެ. އޭގެ ތިން ބައިކުޅަ އެއްބައި އުފުލިފައި ވަނީ މިދިޔަ އަހަރުއެވެ. އެއީ އެ ކުންފުނި 1980 ވަނަ އަހަރު އުފެދުނު އިރާ އަޅާބަލާއިރު 50،000 ގުނަ އިތުރު އަދަދެކެވެ.

އައިފޯނު އުފައްދައިގެން މަޝްހޫރުވި ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އެރިއިރު، ދުނިޔޭގައި އެންމެ ފުރަތަމަ އެއް ޓްރިލިއަން ޑޮލަރަށް އަރާފައި ވަނީ ޗައިނާގެ ގައުމީ ތެޔޮ ކުންފުނި "ޕެޓްރޯ ޗައިނާ" އެވެ. އެ ކުންފުނި އެ މަގާމު ލިބުނީ 2007 ވަނަ އަހަރު ޝަންހާއި ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރުމުންއެވެ. ނަމަވެސް އެ ކުންފުނީގެ ހިއްސާގެ އަގު ވެއްޓުމާއެކު މިހާރު ދުނިޔޭގައި ހަމައެކަނި އެއް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކީ އެޕަލްއެވެ.

- ކޮމެންޓް