ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 09:08
ރެހެންދި ނައިޓް މާރކެޓް 2018: ގިނަ އަދަދެއްގެ ސްޓޯލްތައް އެބަހުރި
ރެހެންދި ނައިޓް މާރކެޓް 2018: ގިނަ އަދަދެއްގެ ސްޓޯލްތައް އެބަހުރި
ރިޒްނާ ޒަރީރު
ރެހެންދި ނައިޓް މާރކެޓް
ރެހެންދި ނައިޓް މާރކެޓް 2018 ހުޅުވައިފި
ނައިޓް މާކެޓް އޮންނާނީ ހުޅުމާލޭ ސުވިމިން ޓްރެކް ސަރަހައްދުގައި
ނައިޓް މާކެޓް ކުރިއަށްދާނީ މި މަހުގެ 2 އިން 11 އަށް

ރާއްޖޭގައި ދަރިވަރުންގެ އާބާދީ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ، ހުޅުމާލޭ ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ނައިޓް މާރކެޓް އާންމުކޮށް ހުޅުވާލައިފިއެވެ.

ނައިޓް މާރކެޓް ހުޅުވައިދެއްވީ އެޗްޑީސީގެ ސީއޯއޯ އަޙްމަދު ބުންޔާމީންއެވެ.  

ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ މި ނައިޓް މަރކެޓް އޮންނާނީ އޯގަސްޓް މަހުގެ 2 އިން 11 އަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 ނައިޓް މާރކެޓް ހުޅުވިފައި ހުންނާނެއެވެ.

"ބޮޑު އީދު ބޮޑު ސޭލް"ގެ ނަމުގައި ކުރިއަށްގެންދާ ރެެހެންދި ނައިޓް މާރކެޓް 2018 އަކީ ސްކޫލުގެ އެކި ހަރަކާތްތަކަށް ފަންޑްރައިޒް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ރެހެންދި ސްކޫލުން މައުލޫމާތުދެއެވެ.

ހުޅުމާލޭގެ ސުވިމިން ޓްރެކް ސަރަހައްދުގައި ކުރިއަށްގެންދާ މި ނައިޓް މާރކެޓުގައި 127 ސްޓޯލް ހުންނާނެ ކަމަށް ރެހެންދި ސްކޫލުން މައުލޫމާތުދީފައި ވެއެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ތަނަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އަދި ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ރެހެންދި ސްކޫލުން ބުންޏެވެ.

މިއީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު ނައިޓް މަރކެޓެއް ކަމަށް ވެސް އެސުކޫލުން ބުންޏެވެ.

މީގެ ކުރިން ވެސް ރެހެންދި ސްކޫލުން ވަނީ ތަފާތު ގިނަ ފަންޑްރައިޒިން ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން 2016، 2017 ވަނަ އަހަރު ވެސް ވަނީ ޕީޓީއޭ. އިން އިންތިޒާމްކޮށްގެން އާންމުންގެ ބޮޑު ތަރުހީބަކާއި އެކު ނައިޓް މާކެޓެއް ވެސް ބާއްވާފައެވެ.

- ކޮމެންޓް