ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 12:27
އިންކްރިޑިބްލްސް2 ގެ ޕޯސްޓަރ
އިންކްރިޑިބްލްސް2 ގެ ޕޯސްޓަރ
ގޫގުލް
އިންކްރިޑިބްލްސް2
އިންކްރިޑިބްލްސް2 އަށް 1 ބިލިއަން ޑޮލަރު
މި ފިލްމު އެޅުވީ ޖޫން 15 ގައި

މިދިޔަ ޖޫން މަހުގެ 15 ގައި ރިލީޒްކުރި އިންކްރިޑިބްލްސް2 އަށް މިހާތަނަށް 1 ބިލިއަން ޑޮލަރު ލިބިއްޖެއެވެ.

އަދި މި ފިލްމު އެޅުވިތާ ގާތްގަނޑަކަށް ވީ 6 ހަފްތާއެއްހާ ދުވަހެވެ.

އިންކްރެޑިބަލްސް ފްރަންޗައިޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2004 ވަނަ އަހަރުގައެވެ. އެފިލްމު ލިޔެ ޑައިރެކްޓް ކޮށްފައިވަނީ ބްރެޑް ބަރޑްއެވެ. ފިލްމް ބޮކްސް އޮފީހުގައި 633 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ހޯދާފައެވެ.

އެއްބިލިއަން ޑޮލަރާއެކު އިންކްރެޑިބްލްސް2 ވެގެން ގޮސްފައިވަނީ  މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކަޑައްތު ކުރި 7 ވަނަ ފިލްމެވެ.

އަދި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މި އަހަރުގެ މިހާތަނަށް ހޯދި 4 ވަނަ ފިލްމަށެވެ. އެ ހަތަރު ފިލްމުގެ ތެރޭގައި ހިމެނެނީ އިންކްރެޑިބްލްސް2 ގެ އިތުރުން ބްލެކް ޕެންތާ، އެވެންޖާޒް: އިންފިނިޓީ ވޯ އަދި ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމްއެވެ.

ބްރެޑް ބަރޑް ލިޔެ ޑައިރެކްޓްކޮށްފައިވާ 'އިންކްރެޑިބްލްސް' ފިލްމަތަކަކީ ޕާރ ނަމަކަށް ކިޔާ އާއިލާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމްތަކެކެވެ. 'ސިވިލިއަން ފެމިލީ ލައިފް' އެއް ގެންގުޅޭ މި އާއިލާ އިން މަސައްކަތް ކުރަނީ ސުޕަރހީރޯ އިންނަށް އާންމުން ކުރާ އިތުބާރު އަލުން ހޯދުމަށެވެ.

- ކޮމެންޓް