ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 11:53
ޝާޚްރުކް ޚާން އަދި ޕްރިޔަންކާ ޗޯޕްރާ
ޝާޚްރުކް ޚާން އަދި ޕްރިޔަންކާ ޗޯޕްރާ
ގޫގުލް
ބޮލީވުޑް
ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟
އެ ސުވާލަށް ޖަވާބު ދީފައިވަނީ މަޖާ ގޮތަކަށް

މިދިޔަ އަންގާރަ ދުވަހު ބޭއްވި ވޯގް ބިއުޓީ އެވޯޑްސް 2018 ގައި އެންމެ ގިނައިން ދެކެވިގެން ދިޔަ އެއް ވާހަކަ އަކީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ގެ އެންގޭޖްމަންޓްގެ ވާހަކަ އެވެ.

ޕްރިޔަންކާގެ ކައިވެންޏާއި ގުޅޭގޮތުން ބޮލީވުޑްގެ ތަރި އަދި ޕްރިޔަންކާގެ ގާތް ރައްޓެއްސެއް ކަމަށްވާ ކަންގަނާ އާއި ވޯގް ބިއުޓީ އެވޯޑްސްގައި މީޑިއާއިން ކުރި ސުވާލަށް ޖަވާބު ދެމުން ކަންގަނާ ބުނެފައިވަނީ އެ ޚަބަރު ލިބުމުން ޕްރިޔަންކާއަށް ގުޅާ އޭނާއަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. 

މި ކައިވެންޏާއި ގުޅޭގޮތުން ޝާޚްރުކް ޚާން އާ މީޑިއާއިން ސުވާލުކުރުމުން ޖަވާބު ދީފައިވަނީ މަޖާ ގޮތަކަށެވެ. ޝާހުރުކް ބުނެފައިވަނީ " އަހަރެންވެސް މިއުޅެނީ ކައިވެނި ކުރަން. އަހަރެން ކަލެއަށް ދައުވަތު ދޭނަން. ކައިވެނީގެ ހަފްލާގެ ދައުވަތު ކާޑުވެސް ފޮނުވާނަން. މެހެނދީގައި ބައިވެރިވާން އަންނާތި" އެވެ.

ޕްރިޔަންކާ އާއި ޝާހުރުކް ވަނީ "ޑޮން" އަދި "ޑޮން 2" ގައި އެކުގައި މަސައްކަތް ކޮށްފައެވެ. މި ދެތަރިންގެ ދެމެދުގައި ކުރިން ލޯބީގެ ގުޅުމެއް އޮތް ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެވާހަކަތަކާއި ގުޅޭ ގޮތުން މި ދެތަރިންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް އެންގޭޖް ކޮށްފައިވަނީ ހަފްތާއެއްހާ ދުވަސް ކުރިން ލަންޑަންގައި ޕްރިޔަންކާގެ 36 ވަނަ އުފަންދުވަހުއެވެ.

- ކޮމެންޓް