ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 12:20
ބޮޑު ވަޒީރު އަނިރޫދު ޖަގަނަތް
ބޮޑު ވަޒީރު އަނިރޫދު ޖަގަނަތް
ގޫގުލް
މޮރިޝަސް
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ެ ބޮޑު ވަޒީރު އަނިރޫދު ޖަގަނަތު ހޯމަ ދުވަހު މޮރިޝަސްގެ ރައީސާ އަމީނާ ޣުރައިބު ފާކިމްއަށް އަށް ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފަ

 މޮރިޝަސްގެ ބޮޑު ވަޒީރު އަނިރޫދު ޖަގަނަތް މަގާމުން އިސްތިއުފާ ދެއްވައި ބޮޑު ވަޒީރު ކަމުގެ މަގާމު އޭނާގެ ދަރިކަލުން ޕްރަވިންދު ޖަގަނަތް އާ ހަވާލު ކުރައްވައިފިއެވެ.

އުމުރުފުޅުން 86 އަހަރުގެ ބޮޑު ވަޒީރު އަނިރޫދު ޖަގަނަތު ހޯމަ ދުވަހު މޮރިޝަސްގެ ރައީސާ އަމީނާ ޣުރައިބު ފާކިމްއަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާއިރު ބޮޑު ވަޒިރު އަނިރޫދު ޖަގަނަތު ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ގެ މަގާމުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އެކަންވެސް އަދާކުރެވިއްޖެ ކަމަށާއި ދެން އޮތީ ޒުވާނުންނަށް ފުރުސަތު ދިނުން ކަމަށެވެ.

ބޮޑު ވަޒީރު އަނިރޫދު ޖަގަނަތުގެ މަގާމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު ނަމަވެސް، އަނިރޫދު ވަނީ ކުރިންވެސް އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

1.3 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ މޮރިޝަސްއަކީ އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އެފްރިކާގެ ގައުމެކެވެ. އެފްރިކާގެ އެހެން ގައުމުތަކާ އަޅާބަލާއިރު މޮރިޝަސް އަކީ ސިޔާސީ ހަމަޖެހުން ގާއިމުވެފައިވާ ގައުމެއްގެ ގޮތުގައި ފާހަނގަ ކުރެވޭ ގައުމެކެވެ.

- ކޮމެންޓް