ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 05:33
ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް (ކ) އަދި ލީވާން (ވ)
ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް (ކ) އަދި ލީވާން (ވ)
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
 
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން ހައްޔަރުކުރިއިރު، ފުލުހުން އަނިޔާކުރި މައްސަލައެއް އިންޓެގްރިޓީ ކޮމިޝަނުގައި އޮތީ ހުއްޓިފަ
 
ވިސާމް އަދި ލީވާންގެ ތެރެއިން ކޮންމެ ނޫސްވެރިޔަކު 28،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ

ރާއްޖެ ޓީވީގެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު، ފުލުހެއްގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ ދައުލަތުންކުރި ދައުވާ ސާބިތުކޮށް، ކޮންމެ ނޫސްވެރިޔަކު 28،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ބޭއިންސާފް ހުކުމް އިސްތިއުނާފް ކުރުމަށް އެ ސްޓޭޝަނުން ނިންމައިފި އެވެ.

ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނީ މި ދެ މުވައްޒަފުންނަށް އިއްވި ހުކުމަކީ އިންސާފުން އެއްކިބާވެފައިވާ، ކަންކަން ކަމުގައި ގަބޫލު ކުރެވޭނެ ސަބަބުތައް ޝައްކެއްނެތް މިންވަރަށް ހުރުމާއެކު އެ މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ލީވާނާއި ވިސާމް މައްޗަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ ހުކުމް އައިއިރު އޭގައި މުޅިންވެސް ވަނީ ފުލުހުން ދެއްކި ވާހަކަ ތަކުގެ މައްޗަށް ރިއާޔަތްކޮށް ދިފާއީ އެއްވެސް ހެއްކެއް ވަޒަންނުކޮށްކަން ފާހަގަކޮށް  ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން މި މައްސަލައިގައި ކޯޓުގައި ހެކި ބަސް ދިނީ ލީވާނާއި ވިސާމަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ބައެއް ކަމަށެވެ.

ނޮވެމްބަރު 2، 2015 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާއާއެކު ލީވާނާއި ވިސާމް ހައްޔަރުކުރިއިރު، ހައްޔަރުކުރުމުގެ ތެރޭގައި އާއި ހައްޔަރު ކުރުމަށް ފަހު އަނިޔާކޮށްފައިވާކަން ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ވިސާމުގެ ލޯމަތީގައި ޖަހައި ލޯ ދުޅަކޮށްލާފައިވާއިރު، ފިޔާޒުގެ ކަންފަތް މަތީގައި ޖަހައި ކަންފަތުގެ އެތެރެ ފަޅާލައި، ލޭ ދުއްވާލާފައިވާ ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ. ވިސާމާއި ލީވާނަށް ހުކުމްކުރިއިރު، މި ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ކުރިޔަށް ނުގެންދާ ކަމަށާއި މި މައްސަލަ އޮތީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އޮތީ ހުއްޓިފައިކަމަށް ރާއްޖެ ޓީވީން ބުނެ އެވެ. 

އަނިޔާކުރި މައްސަލައަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބޭކަން ފާހަގަކުރަމުން މި ބަޔާނުގައި ބުނީ އަނިޔާ ލިބުނު ފަރާތައް އިތުރު އަނިޔާއެއްގެ ގޮތުގައި އަދަބު ކަނޑައެޅުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖެޓީވީގެ ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، މިހާތަނަށް ހަމައެކަނި ނަގާފައިވަނީ މައްސަލައިގެ ބަޔާންތައް އެކަނި ކަމަށް ރާއްޖެޓީވީން ބުނެ އެވެ، ރާއްޖެޓީވީ ރޯކޮށް އަންދައި އަޅިޔަށް ހަދާލި މައްސަލަ އަށް ތިން އަހަރުވެފައި ވާއިރު، މި މައްސަލައިގައި އިންސާފެއް ލިބިފައި ނުވާއިރު،  މައްސަލައިގައި ދައުވާކޮށްފައިވާ ހަމައެކަނި މީހާގެ ޝަރީއަތް ވެސް ނުހިންގާކަމަށް ވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެޓީވީން މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދައުލަތުން ވެސް ބޭނުންވީ އިންސާފުގެ ހަމަހަމަކަން ގާއިމުކުރުމުގެ ބަދަލުގައި، ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލަތައް އަވަހަށް ނިންމައި އެންމެ ބޮޑުވެގެންވާ އަދަބެއް ދިނުމަށެވެ. ރާއްޖެ ޓީވީގެ ނޫސްވެރިން ކުރި ކުށަކީ ނޫސްވެރިންގެ ހައްގުގައި ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ޖަމިއްޔާ، ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފައިވާ ފަދައިން ރާއްޖެޓީވީގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ހަރަކާތްތަކެއް ކަވަރުކުރުން އެކަންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް