ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 03:06
ފުރަތަމަ އޮފީސް ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން- ފޮޓޯ: ރާއްޖެއެމްވީ
ފުރަތަމަ އޮފީސް ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން- ފޮޓޯ: ރާއްޖެއެމްވީ
ރާއްޖެއެމްވީ
ހޭންޑްބޯލް
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
 
އޮފީސް ތަކުން ދަނީ މުބާރާތަށް އެއްބާރުލުން ދެމުން: މުޖުތަބާ
 
މިފަހަރު ޖުމްލަ 12 ޓީމު ބައިވެރިވޭ
 
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރު ވަނީ ނަގާފައި

ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދެ ވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމާ މުބާރާތުގެ ގުރު ނަގައިފި އެވެ.

މިއަހަރުގެ މުބާރާތުގައި ފާއިތުވި އަހަރުތަކާއި ހިލާފަށް 12 ޓީމު ބައިވެރިވެފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެ އެވެ.

އެގޮތުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ފިރިހެން ބައިގަ 4 ޓީމާއި، އަންހެން ބައިގަ 8 ޓީމެވެ. މިމުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވެފައިވާ ޓީމް ތަކަކީ ޕޮލިސް، އެމްޕީއެލް، މޯލްޑިވްސް ގޭސް އަދި ސްޓެލްކޯ އެވެ. އަންހެން ބައިގަ ބައިވެރިވެފައިވާ ޓީމްތަކަކީ އިމިގްރޭޝަން، ޔޫތް މިނިސްޓްރީ، ފިނޭސް މިނިސްޓްރީ، އައިޖީއެމްއެޗް، ވިލާ އެއާރ، މިނިސްޓްރީ އޮފް ޓުއަރިޒަމް، މޯލްޑިވްސް ގޭސް އަދި ޕޮލިސް އެވެ.

ދެ ވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތުގެ ފިރިހެންބައި ކުރިއަށްދާނީ ދެ ބުރެއް ކުޅުމަށްފަހު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މިމުބާރާތުގެ އަންހެންބައި ކުރިއަށްދާނީ 2 ގުރޫޕަކަށް ޓީމްތައް ބަހާލުމަށްފަހު، ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ 2 ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް