ކ. މާލެ
|
25 ޖުލައި 2018 | ބުދަ 21:50
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ޔުނައިޓެޑަށް އިތުރު ދެ ކުޅުންތެރިޔަކު ގެނައުމަށް މޮރީނިއޯ ވިސްނަނީ
ޔުނައިޓެޑްއިން ދަނީ ތިން ކުޅުންތެރިޔަކަށް ފާރަލަމުން

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިތުރު ދެ ކުޅުންތެރިން ގެންނަން ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ. 

ޔުނައިޓެޑް އިން ވަނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އަދި ޒުވާން ޑިފެންޑަރު ޑިއޯގޯ ޑަލޯގެ އިތުރުން ގޯލްކީޕަރު ލީ ގްރާންޓް ވެސް އެޓީމަށް ގެނެސްފައެވެ. ޔުނައިޓެޑް އިން އެންމެ ބޮޑަށް ވިއްކާލާނެ ކުޅުންތެރިއެއް ކަމަށް ބެލެވެނީ ފްރާންސްގެ ވިންގަރ އެންތަނީ މާޝިއާލްއެވެ. 

ހަމައެހެންމެ ޔުވެންޓަސްގެ މިރާލެމް ޕިޔާނިޗް އާއި އިންޓަ މިލާންގެ އިވާން ޕެރިސިޗްގެ އިތުރުން ލެސްޓާ ސިޓީގެ ހެރީ މެގުއާޔާ ހޯދުމަށް ޔުނައިޓެޑް އިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އީއެސްޕީއެންއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ އިތުރު ދެ ކުޅުންތެރިޔަކު ޓީމަށް ގެންނަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އޭނާ ގެންނަން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ހިނގުމަކީ ދުރުގައިވާ ކަމެއް ކަމަށެވެ. 

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޔުނައިޓެޑް ވާދަކުރަމުން އަންނައިރު އެޓީމު ނުކުންނާނީ އޭސީ މިލާނާއި ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކާ ދެކޮޅަށެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ޔުނައިޓެޑް ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް