ކ. މާލެ
|
25 ޖުލައި 2018 | ބުދަ 12:59
ސަލްމާން ޚާން ބާރަތުން ފެންނާނެ ގޮތް
ސަލްމާން ޚާން ބާރަތުން ފެންނާނެ ގޮތް
އިންސްޓަގްރާމް
ބާރަތު
ބާރަތުގައި ސަލްމާންގެ ފެނިލުން ދައްކާލައިފި، ވަކި ތަފާތެއް ނެތް
ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށާފައިވަނީ ޖުލައި 22 ގައި
ސައުތު ކޮރެއާ ފިލްމް އޯޑް ޓު މައި ފާދާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެއް

އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ފިލްމު ބާރަތުގައި ސަލްމާން ޚާން ފެންނަ ގޮތް ދައްކާލައިފިއެވެ.

ސަލްމާން ބާރަތުން ފެނިގެންދާ ގޮތަށް ކަމަށްބުނެ އޭނާގެ ސްޓައިލިސްޓް ކަމަށްވާ އަޝްލޭ އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި އާންމުކޮށް ފެންނަ ގޮތާ ވަކި ތަފާތެއް ނެތެވެ.

ސަލްމާނާއި އެކު ލީޑު ރޯލުން ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްޅާއެވެ. ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށާފައިވަނީ ޖުލައި 22 ގައެވެ. 

ބާރަތު ވެގެންދާނީ އޭނާ 2016 ވަނަ އަހަރުގެ ފަހުން ކުޅޭ ބޮލީވުޑްގެ ފުރަތަމަ ފިލްމަށެވެ. ޕްރިޔަންކާ އެންމެ ފަހުން ފެނިގެންގޮސްފައިވާ ބޮލީވުޑްގެ ފިލްމަކީ 2016 ވަނަ އަހަރު ރިލީޒް ކުރި ޖެއި ގަންގާޖަންއެވެ.

ބާރަތަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

މި ފިލްމަކީ އަލީ އައްބާސް ޒަފަރުގެ ފިލްމު ތަކުގެ ތެރެއިން ސަލްމާން ޚާން ކުޅޭ ތިންވަނަ ފިލްމެވެ. އަލީ އައްބާސްގެ ފުރަތަމަ ފިލްމަކަށް ސަލްމާން ކުޅުނީ 2016 ވަނަ އަހަރު ނިކުތް ސުލްތާނެވެ. އަނުޝްކާ ޝަރުމާއާއި އެކީ ސަލްމާން ފެނިގެންދިޔަ އެފިލްމު އުފެއްދުމަށް 80 ކުރޯޑް އިންޑިއަން ރުޕީސް ހޭދަވިކަމުގައިވިއަސް އެ ފިލްމަށް ވަނީ 600 ކުރޯޑް އިންޑިއަން ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އަދި މިދިޔަ އަހަރު ނުކުތް އަލީ އައްބާސް ޒަފަރުގެ ތިންވަނަ ފިލްމަކަށް ސަލްމާން ކުޅުނު ފިލްމު ޓައިގާ ޒިންދާހޭއަށް ވަނީ 570 ކުރޯޑް އިންޑިއަން ރުޕީސްއަށްވުރެ ގިނަ އާމްދަނީ ލިބިފައެވެ. މި ފިލްމުގައި ސަލްމާނާއި އެކު ފެނިގެން ގޮސްފައިވަނީ ކެޓްރީނާ ކައިފެވެ. ބާރަތު އަކީ 2014 ގައި ނުކުތް ސައުތު ކޮރެއާ ފިލްމް އޯޑް ޓު މައި ފާދާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ކޮރެއާ ފިލްމުގައި ކޮރެއާގެ ތާރީޚާއި އާއި މަންޒަރުތައް ދައްކުވައިދެއެވެ. އެހެންކަމުން  ބާރަތު ގައި އޭގެ ބަދަލުގައި ހިމަނާފައިވަނީ އިންޑިޔާގެ ފަހުގެ ތާރީހްގެ ކަންތައްތަކެއް ކަމަށް ބެލެވެއެވެ.

އަލީ އައްބާސް ޒަފަރު މި ފިލްމާއި ގުޅޭގޮތުން ބުނެފައިވަނީ މި ފިލްމަކީ 70އިގެ އަހަރު ތަކުގައި ހިނގާފައިވާކަންތައްތަކާއި މިހާރުގެ ކަންތައްތައް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.

- ކޮމެންޓް