ކ. މާލެ
|
25 ޖުލައި 2018 | ބުދަ 11:44
ލަތާ މަންޖޭޝްކަރު
ލަތާ މަންޖޭޝްކަރު
ގޫގުލް
ބޮލީވުޑް
ޖާންވީ އަށް ލަވައެއް ކިޔައިދޭން ބެނުންވާ ކަމަށް ލަތާ ބުނެފި
ލަތާ ބުނެފައިވަނީ އޭނާއަށް ޖާންވީ ވަރަށް ރީތި ކަމަށް
ބޮނޭ ކަޕޫރުގެ ހިނިތުން ވުމުގެ އަސްލަކަށް ވެގެންދާނީ ދަރިފުޅުގެ ފުރަތަމަ ފިލްމްގެ ކާމިޔާބީ

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް " ދަޅަކް" ގެ ބަތަލާ އަދި ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރަށް ލަވައެއް ކިޔައިދޭން ބޭނުންވާ ކަމަށް އިންޑިއާގެ އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ ލަތާ މަންޖޭޝްކަރު ބުނެފިއެވެ.

"ދަޅަކް" ގައި ޖާންވީ ދައްކުވައިދީފައިވާ އެކްޓިންއަށް މުޅި ބޮލީވުޑްގެ ފަންނާނުންގެ ފަރާތުން ތައުރީފް އޮއްސަމުން ދަނިކޮށް އުމުރުން 88 އަހަރުގެ ލަވަ ކިޔުންތެރިޔާ ލަތާ ބުނެފައިވަނީ އޭނާއަށް ޖާންވީ ވަރަށް ރީތި ކަމަށާއި ޖާންވީއަށް ލަވައެއް ކިޔައިދޭން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ލަތާ ބުނެފައިވަނީ ސްރީދޭވީގެ ކުއްލި މަރަށްފަހު ޖާންވީގެ ބައްޕަ ބޮނޭ ކަޕޫރުގެ ހިނިތުން ވުމުގެ އަސްލަކަށް ވެގެންދާނީ ދަރިފުޅުގެ ފުރަތަމަ ފިލްމްގެ ކާމިޔާބީ ކަމަށެވެ.

ދަރިފުޅުގެ ފިލްމް ސްކްރީނުން ބަލައިލަން ސްރީދޭވީ މިއަދު ދުނިޔޭގައި ހުރި ނަމަ އެކަމާ ފަހަރުވެރި ވާނެކަމަށާއި ޖާންވީއަކީ ސްރީދޭވީ ހޯދި ވަރުގެ ކާމިޔާބީއެއް ހޯދުމުގެ ގާބިލުކަން ހުރި ބަތަލާއެއް ކަމަށް ލަތާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ފިލްމް ތަކަށް އެތައް ހާސް ލަވަތަކެއް ރެކޯޑް ކޮށްފައިވާ ލަތާވަނީ ސްރީދޭވީ ކުޅެފައިވާ ފިލްމް ތަކަށްވެސް ލަވަ ކިޔައިދީފައެވެ. ސްރީދޭވީގެ ފިލްމް ތަކަށް ލަތާ ކިޔައިދީފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ކަބީ މައި ކަހޫން، ނެއިނޯމެ ސަޕްނާ އަދި އާ މެރި ޖާން ހިމެނެ އެވެ.

ލަތާ ބުނެފައިވަނީ އޭނާގެ އާއިލާ އަކީ ކަޕޫރު އާއިލާ އާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އާއިލާއެއް ކަމަށެވެ. އަދި  އެ އާއިލާގެ މެމްބަރުންނަށް އަބަދުވެސް ކާމިޔާބީއަށް އެދޭކަމަށް ލަތާ ވަނީ ބުފައެވެ.

އަންނަ މަހުގެ 3 ގައި ރިލީޒްކުރާ "ފަންނޭ ހާން" ގައި އަނިލް ކަޕޫރް ކުޅެފައި ވަނީ ލަތާ އާއި މުހައްމަދު ރަފީއުގެ ފޭނެއްގެ ރޯލް ކަމަށް ލަތާވަނީ ބުނެފައެވެ. ފިލްމްގައި އެނާގެ ދަރިފުޅު ލަތާފަދަ ލަވަކިޔުންތެރިއަކަށް ވުމަށް އަނިލް އެދޭކަން އެނގިފައިވާތީ އެކަމާއި ވަނީ އުފާ ފާޅުކޮށްފައެވެ.

ލަތާ ވަނީ އިންޑިއާގައި އަލަށް އުފެދެމުން އަންނަ ލަވަކިޔުންތެރިން ދެވަނަ ލަތާއަކަށް ނުވަތަ ކިޝޯރު، ރަފީއު، އާޝާ އަދި މުކޭޝްއަށް ވާން ނޫޅި އަމިއްލަ ގޮތުގައި ކުރިއަށް ދިއުމަށް އެދިފައެވެ.

- ކޮމެންޓް