ކ. މާލެ
|
25 ޖުލައި 2018 | ބުދަ 11:50
ޖެނިފަރ ލޮޕެޒް
ޖެނިފަރ ލޮޕެޒް
ގޫގުލް
ޖެނިފަރ ލޮޕެޒް
ޖެނިފަރ ލޮޕެޒްއަށް 49 އަހަރު؟
ޖެނިފަރ ލޮޕެޒްއަށް 49 އަހަރު ފުރިފައިވަނީ އަންގާރަ ދުވަހު
އޭނާ އުފަންދުވަސް ފާހަގަ ކުރީ އާއިލާއާއެކު ބަހާމާސްގައި
ގިނަ ބައެއް ވަނީ އޭނާއަށް 49 އަހަރު ފުރުން ގަބޫލު ކުރަން ދަތިކަމަށް ސޯޝަލް މީޑިއާގައި ފާހަގަކޮށްފައި

ހޮލީވުޑްގެ "ޓްރިޕްލް ތެރެޓް"އެއްކަމަށްވާ ޖެނިފަރ ލޮޕެޒް ނުވަތަ "ޖޭ ލޯ"އަށް 49 އަހަރު ފުރިއްޖެއެވެ.

ޖޭ ލޯ އުފަން ދުވަސް ފާހަގަ ކުރީ މަންމާއާއި އޭނާގެ ކުދިން އެމްއާއި މެކްސްގެ އިތުރުން ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒްއާއި އޭނާގެ ކުދިން އެލާ އަދި ނަތާޝާއާއެކު ބަހާމަސްގެ ބޭކަރސް ބޭ ރިސޯޓްގައެވެ.

42 އަހަރުގެ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ރޮޑްރިގޭޒް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ލޯބިރިޔާއަށް އުފަން ދުވަހުގެ މެސެޖެއް ފޮނުވާފައެވެ.

އަހަރުގެ 365 ދުވަހު އެހެން މީހުންނަށް ހިދުމަތްކޮށްދެމުންދާ ޖެނިފަރއަށް އޭނާގެ އުފަންދުވަހު "ހުރިހާ އުފަލެއް ލިބުނުކަމަށް އުއްމީދު ކުރަން"ކަމަށް ރޮޑްރިގޭޒް ބުންޏެވެ.

ޖޭ ލޯ އޭނާގެ ކެރިއަރ ފަށާފައިވަނީ 1991 ވަނަ އަހަރު ނެށުމުގެ ދާއިރާއިންނެވެ. 1993 ވަނަ އަހަރު އޭނާ ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެން ދިޔައެވެ. އެއީ 1995 ވަނަ އަހަރު ބަޑީގެ ހަމަލާއެއްގައި މަރާލާފައިވާ ލެޓީނާ ލަވަ ކިޔުންތެރިއެއް ކަމަށްވާ ސެލީނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރި ފިލްމް 'ސެލީނާ' އިންނެވެ. އޭނާގެ ފުރަތަމަ ފިލްމަށް ގޯލްޑަން ގްލޯބް ނޮމިނޭޝަނެއް ލިބިފައިވާ އިރު، ޖޭ ލޯއަކީ ފިލްމަކުން އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ލެޓީނާ ފަންނާނަށް ވެގެން ދިޔައެވެ.

ޖޭ ލޯ މިއުޒިކް ދުނިޔެއަށް ފުރަތަމަ ވަދެފައިވަނީ އޭނާގެ ފުރަތަމަ އަލްބަމް 'އޮން ދަ ސިކްސް' އާއެކު 1999 ވަނަ އަހަރެވެ.

އޭގެ ފަހުން އެތަކެއް އަލްބަމް، އިނގރޭސި އަދި ލެޓިން ބަހުން، ޖޯ ލާ ރިލީޒްކޮށްފައިވާ އިރު، ގިނަ ފިލްމްތަކުން ވެސް އޭނާ ވަނީ ފެނިފައެވެ. އަދި 'ޓްރިޕްލް ތެރެޓް'އެއް ގޮތުގައި ގިނަ ބައެއް ޖޭ ލޯ ސިފަކުރާއިރު، އެއީ އޭނާގެ ޓެލެންޓްތައް ގިނަ ކަމުންނެވެ.

ޖޭ ލޯއަށް 49 އަހަރު ފުރުފައިވާއިރު، ގިނަ ބައެއް ވަނީ އެކަން ގަބޫލު ކުރަން ދަތިކަމަށް ސޯޝަލް މީޑިއާގައި ފާހަގަކޮށްފައެވެ.

ޖެނިފަރ ލޮޕެޒްއާއި ލޯބިވެރިޔާ އެެލެކްސް ރޮޑްރިގެޒް
ޖެނިފަރ ލޮޕެޒް
ޖެނިފަރ ލޮޕެޒް
ޖެނިފަރ ލޮޕެޒް
ޖެނިފަރ ލޮޕެޒް
- ކޮމެންޓް