ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 21:19
2016 ވަނަ އަހަރު ބޭއްވި ރެހެންދި ނައިޓް މާރކެޓް
2016 ވަނަ އަހަރު ބޭއްވި ރެހެންދި ނައިޓް މާރކެޓް
ރިޒްނާ ޒަރީރު
ރެހެންދި ނައިޓް މާރކެޓް
ރެހެންދި ނައިޓް މާރކެޓް އަންނަ އޮގަސްޓް ގައި!
ނައިޓް މާކެޓް އޮންނާނީ ހުޅުމާލޭ ސުވިމިން ޓްރެކް ސަރަހައްދުގައި
ނައިޓް މާކެޓް ކުރިއަށްދާނީ އޮގަސްޓް މަހުގެ 2 ން 11 އަށް
ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް

ރާއްޖޭގައި ދަރިވަރުންގެ އާބާދީ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ، ހުޅުމާލޭ ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ނައިޓް މާރކެޓް އަންނަ މަހު އޮންނާނެ ކަމަށް އެސްކޫލުން ހާމަކޮށްފިއެވެ.

"ބޮޑު އީދު ބޮޑު ސޭލް"ގެ ނަމުގައި ކުރިއަށްގެންދާ ރެެހެންދި ނައިޓް މާރކެޓް 2018 އަކީ ސްކޫލުގެ އެކިއެކި ހަރަކާތްތަކަށް ފަންޑްރައިޒް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ރެހެންދި ސްކޫލުން މައުލޫމާތުދެ އެވެ.

ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ މި ނައިޓް މަރކެޓް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 2 ން 11 އަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 ނައިޓް މާރކެޓް ހުޅުވިފައި ހުންނާނެއެވެ.

ހުޅުމާލޭގެ ސުވިމިން ޓްރެކް ސަރަހައްދުގައި ކުރިއަށްގެންދާ މި ނައިޓް މާރކެޓުގައި ގިނަ އަދަދެއްގެ ސްޓޯލް ހުންނާނެއެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ތަނަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އަދި ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ރެހެންދި ސްކޫލުން ބުންޏެވެ.

މިއީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު ނައިޓް މަރކެޓެއް ކަމަށް ވެސް އެސުކޫލުން ބުންޏެވެ.

މީގެ ކުރިން ވެސް ރެހެންދި ސްކޫލުން ވަނީ ތަފާތު ގިނަ ފަންޑްރައިޒިން ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން 2016، 2017 ވަނަ އަހަރު ވެސް ވަނީ ޕީޓީއޭ. އިން އިންތިޒާމްކޮށްގެން އާންމުންގެ ބޮޑު ތަރުހީބަކާއި އެކު ނައިޓް މާކެޓެއް ވެސް ބާއްވާފައެވެ.

- ކޮމެންޓް
22 ޖުލައި 2018 | އާދީއްތަ 11:19
އުންގުވިޔަފާރިތަ
ސިސްގަޕޫރ ކޮލިޓީ އުންގުވިޔަފާރިތަ؟