ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 12:16
ބީބާ އާއި ހެއިލީ. އެދެމީހުން އެންގޭޖްވީ މެއިމަހުގައި
ބީބާ އާއި ހެއިލީ. އެދެމީހުން އެންގޭޖްވީ މެއިމަހުގައި
ގޫގުލް
ބީބާ އާއި ހެއިލީ
ކައިވެންޏަށްފަހު ބީބާ އާއި ހެއިލީ ބޭނުންވަނީ ދަރިއެއް
މި ދެމީހުން ފުރަތަމަ ރަށްޓެހިވެފައިވަނީ 2016 ވަނަ އަހަރު، އަނެއްކާވެސް އެކުގައި ފެންނަން ފެށީ މި އަހަރު

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރއާއި ލޯބިވެރިޔާ، މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިން އެންގޭޖް ވެއްޖެ ކަމަށް އެކި ނޫސްތަކުން ވަނީ ކަށަވަރު ކޮށްފައެވެ.

އެދެމީހުން އެންގޭޖް ވުމަށްފަހު ދެން އެންމެ ބާރަށް ދެކެވެމުން ދިޔަ ވާހަކައަކީ މިއަހަރުގެ ފަހު ކޮޅު އެދެމީހުން ކައިވެނި ކުރާނެކަމެވެ.

ބީބާ އާއި ހެއިލީ ގެ އާއިލާއިން ވެސް އެދެމީހުންގެ ގުޅުމަށް ސަޕޯޓް ކުރާ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ސީއެންއެން އިން ރިޕޯޓް ކުރާ ގޮތުގައި 24 އަހަރުގެ ޖަސްޓިންއާ ހެއިލީ، 21، އެންގޭޖް ވެފައިވަނީ ނިމިގެން ދިޔަ ހަފްތާ ބަންދުގައި ބަހާމަސް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރު ސަލްސާ ޑާންސެއްގެ ތެރެއިން ކަމަށްވެއެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ބީބާ އާއި ހެއިލީ ބޭނުންވަނީ ކައިވެންޏަށްފަހު ވަރަށް އަވަހަށް ދަރިއަކު ހޯދުމަށެވެ.

ޖަސްޓިންއާއި ހެއިލީވެސް ވަނީ މީގެ ކުރިން ރައްޓެހިވެގެން އުޅެފައެވެ. އެއީ 2015 އާއި 2016 ވަނަ އަހަރާއި ދެމެދުގައެވެ. ބީބާގެ ފުރަތަމަ ލޯބި ސެލީނާ ގޮމޭޒްއާ ވަކިވުމަށް ފަހު ރައްޓެހިވި މި ދެ މީހުން ހަމަ އެ އަހަރު ވަނީ ރުޅިވެފައެވެ. އަނެއްކާ ވެސް 2017 ވަނަ އަހަރު ބީބާއާ ސެލީނާ އެކުގައި އުޅެފައިވާ އިރު، އެ ދެމީހުން އެ ފަހަރު ރުޅިވާން ޖެހުނީ ހެއިލީގެ ސަބަބުން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެގުޅުމަށް ސެލީނާގެ މަންމަ އެހާ ހިތްހަމަ ނުޖެހޭތީ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި ބީބާ އާއި ހެއިލީ އެންގޭޖްވެފައިވަނީ އެދެމީހުން އަލުން ގުޅުނުތާ މަހެއްހާ ދުވަސް ފަހުންނެވެ.

- ކޮމެންޓް