ކ. މާލެ
|
23 ޖެނުއަރީ 2017 | ހޯމަ 03:52
ރެއާލް މެޑްރިޑާއި މަލާގާ ބައްދަލުކުރި މެޗުގައި ރާމޯސް ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ
ރެއާލް މެޑްރިޑާއި މަލާގާ ބައްދަލުކުރި މެޗުގައި ރާމޯސް ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ
ގޫގުލް
ސްޕެނިޝް ލަލީގާ
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރެއާލް ލީގުގެ އެއްވަނައިގައި އޮތީ 43 ޕޮއިންޓާއެކު
މެޗުގައި ކެޕްޓަން ރާމޯސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައި

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ މަލާގާ އަތުން 2-1 އިން މޮޅުވެ ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފި އެވެ.
މި މޮޅާ އެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ މިހާތަނަށް ކުޅުނު 18 މެޗުން ލިބުނު 43 ޕޮއިންޓައެކު އެވެ. އަދި މެޗުން ބަލިވި މަލާގާ އޮތީ 19 މެޗުން ލިބުނު 21 ޕޮއިންޓާއެކު 13 ވަނަ މަގާމްގަ އެވެ. އަދި ލީގް ތާވަލްގެ ދެ ވަނައިގައި 39 ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ތިން ވަނައިގައި 38 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.
މެޑްރިޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ރެއާލްއިންނެވެ. އެލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އަދި މެޗުގެ ލީޑް ފުޅާކޮށްދިން ލަނޑު ވެސް 43 ވަނަ މިނެޓުގައި ރެއާލްއަށް ކާމިޔާބު ކޮށްދިނީ ރާމޯސް އެވެ.
ރޭގެ މެޗުގައި ރެއާލް ކޮޅަށް މަލާގާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއާން ޕަބްލޯ އެވެ.

- ކޮމެންޓް