ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 08:03
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް 2017 ވަނަ އަހަރު މެޓް ގާލާގައި
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް 2017 ވަނަ އަހަރު މެޓް ގާލާގައި
ގެޓީ އިމޭޖަސް
ބޮލީވުޑް
ޕްރިޔަންކާގެ އުފަން ދުވަހަށް ނިކްގެ ޚާއްސަ ޕްލޭނެއް!
ޕްރިޔަންކާގެ ފޭވަރިޓް ބީޗެއްގައި އުފަންދުވަސް ފާހަގަކުރުމަށް ވަނީ ނިންމާފައި
އެއީ ކޮންތަނެއްގައި ކަމެއް އަދި އެއްވެސް މީހަކަށް އެނގިފައެއް ނުވޭ

ޕްރިޔަންކާ ޗޯޕްޅާ އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސްއާއެކު އަންނަ ބުދަ ދުވަހު އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި ވަގުތު ހުސް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުން ނިކް ވަނީ ޕްރިޔަންކާގެ އުފަން ދުވަހަށް ވަރަށް ޚާއްސަ ކަމެއް ނިކް ރާވާފައެވެ. ޕްރިޔަންކާގެ އުފަންދުވަސް ފާހަގަ ކުރުމަށް ނިކް މިހާރު ބުކިން ހަދާފައިވީ ނަމަވެސް އެއީ ކޮންތަނެއްގައި ކަމެއް އެނގިފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕްރިޔަންކާގެ އުފަން ދުވަސް މިފަހަރު ފާހަގަ ކުރާނީ އޭނާއަށް އެންމެ ހިތްގައިމު ގޮނޑުދޮށުގަ އެވެ. 

ޕްރިޔަންކާ ވަނީ ނިކް އަށް އޭނާގެ މަންމަ މަދޫ ޗޯޕްޅާ ތައާރަފްކޮށްދީފައެވެ. އަދި އާކާޝް އަމްބާނީ އާއި ޝްލޮކާ މެހެތާގެ ޕްރީ ވެޑިންއަށް ލޯބީގެ މި ޖޯޑް އަތުގައި ހިފައިގެން ދިޔަ މަންޒަރު ވަނީ ޕޮޓޯތަކުން ފެނިގެން ގޮސްފައެވެ. އެ އިވެންޓް ވަރަށް ފުރިހަމަ ކަމަށާއި ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށް ނިކް ބުނި ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. އަދި އޭނާއަށް ވަރަށް ގަޔާވި ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ދާދި ފަހުން މި ދެ މީހުން އެއްވައްތަރުގެ ގޯލްޑް ރިންގެއް އަޅައިގެން އުޅެނިކޮށް ވެސް ވަނީ ފެނިފައެވެ. އެހެންކަމުން ދެ މީހުން އުޅެނީ އެންގޭޖްވެގެން ކަމަށް ވެސް ޚަބަރުތައް ފެތުރުނެވެ. އެ ދެ މީހުން އުޅެނީ ވަރަށް އުފަލުން ކަމަށާއި ދެމީހުންގެ ގުޅުން ސީރިއަސް ކަން އެމީހުންގެ ގާތްމީހަކު ވަނީ ބުނެފައެވެ.

ނިކް ވަނީ ވޭތިވެދިޔަ އަހަރު ތަކުގައި މީގެ ކުރިން ވަރަށް ގިނަ މީހުންނާއި އެކު ޑޭޓް ކޮށްފައި ކަމަށާއި އެކަމު އެއްވެސް ސީރިއަސް ގުޅުމެއް ބާއްވާފައި ނެތް އިރު  ޕްރިޔަންކާ އާއިއެކު މިއީ ކުރިއަށް އެޅި ހަރުފަތެއް ކަމަށް އެމީހުންގެ ގާތް މީހަކު ވަނީ ބުނެފައެވެ.

އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް އެންމެ ފުރަތަމަ އެއްކޮށް ފެނިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއިން ނެވެ. އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން އޭރު ބުނެފައިވެއެވެ. އެ މީހުން ލައިގެން ތިބީ ރަލްފް ލައުރެން އެވެ.

- ކޮމެންޓް