ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 13:07
ސަންޖޫ
ސަންޖޫ
ޓްވިޓަރ
ސަންޖޫ
ސަންޖޫ 500 ކުރޯޑް ކްލަބަށް
 
މި ފިލްމަށް 500 ކުރޯޑް ރުޕީސް ލިބިފައިވަނީ 17 ދުވަހުން

ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމު ސަންޖޫއަށް 500 ކުރޯޑް އިންޑިއަން ރުޕީސް ލިބިއްޖެއެވެ.

މި ފިލްމަށް 17 ދުވަހުން 500 ކުރޯޑް ލިބިފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި 1000 ކުރޯޑް ރުޕީސްއަށް ފިލްމުގެ އާމްދަނީ އަރާނެ ކަމަށް ބެލެވޭ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެއެވެ.

ރާޖްކުމާރް ހިރާނީ ޑައިރެކްޓުކުރި މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދަނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

ފަސްސަތޭކަ ކުރޯޑަށް ސަންޖޫ ވަނުމާއެކު މި ފިލްމު ވެފައިވަނީ މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެއަދަދަށް ލިބުނު ހަތަރު ވަނަ ފިލްމަށެވެ.މި ކުލަބުގައި މިހާރު އޮތް ފިލްމުތަކަކީ ސަންޖޫގެ އިތުރުން ބަހުބާލީ 2 (1416 ކްރޯޑު)،ޑަންގަލް (587 ކްރޯޑު) އަދިބާހުބަލީ 1 (518 ކްރޯޑު) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި