ކ. މާލެ
|
11 ޖުލައި 2018 | ބުދަ 18:01
ދިރާގުގެ ހެޑް އޮފީސް
ދިރާގުގެ ހެޑް އޮފީސް
ގޫގުލް
ދިރާގު ހިދުމަތްތައް
ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް
ޕްރީޕެއިޑް ޚިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައި
ގިނަ ޓޯކްޓައިމް ލިބޭ އެޑްއޮންތައް ވެސް ވަނީ ހިމަނާފައި

ދިވެހިރާއްޖޭގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން އެކުންފުނީގެ ޕްރީޕެއިޑް ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އަލަށް ތައާރަފްކުރި ދިރާގު ޕްރީޕެއިޑް ވަނީ ކަސްޓަމަރުންނަށް ފަސޭހަ ވާނެހެން އެއް ޕްލޭނަކަށް ބަދަލުކޮށްފައެވެ. އަދި އެ ޕްލޭން ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ގިނަ ޑޭޓާ، ވޮއިސް އަދި އެސް އެމް އެސް އެޑްއޮންތައް ލިބޭ ގޮތަށް ބަދަލުކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޕްރީޕެއިޑްގައި ހިމެނޭ އާ ޑޭޓާ އޮޑްއޮންތައް ގަތުމުން، ޑޭޓާ އެޑްއޮންގެ އެލަވަންސްގެ އިތުރުން ހިލޭ ފޭސްބުކް، ވަޓްސްއަޕް އަދި ވައިބަރ ބޭނުން ކުރުމަށް ސޯޝަލް މީޑިޔާ ޑޭޓާ ވެސް ލިބޭނެއެވެ. މިއީ ރާއްޖޭގައި އަލަށް ޕްރީޕެއިޑް ޕްލޭނަކުން މި ފަދަ ހިދުމަމަތެއް ލިބޭ ފުރަތަމަ ފަހަރު ކަމަށް ދިރާގުން ބުނެއެވެ. 

މީގެ އިތުރުން ދިރާގުން ބުނީ އާ ގިނަ ޓޯކްޓައިމް ލިބޭ އެޑްއޮންތައް ވެސް އާ ޕްލޭންގައި ހިމަނާފައިވާ ކަމަށެވެ. 

ދިރާގުން އަލަށް ތައާރަފްކުރި ޕްރީޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ޑޭޓާ ހުސްވާން ކައިރިވުމުން އެސްއެމްއެސްއަކުން އެކަން ކަސްޓަމަރުންނަށް އަންގައިދިނުމުގެ އިތުރުން ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެޑްއޮންތައް ގަނެ، ރީލޯޑްކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް