ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 19:07
އެމްޑީޕީގެ ނައިބު ރައީސް ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝިހާބުގެ ގަޔަށް ކަޅުތެެޔޮ ޖަހާފައި
އެމްޑީޕީގެ ނައިބު ރައީސް ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝިހާބުގެ ގަޔަށް ކަޅުތެެޔޮ ޖަހާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫގެ ކެމްޕެއިން ޓީމުގެ މެމްބަރުންގެ ގަޔަށް ކަޅުތެޔޮ ޖަހައިފި
މިއީ އެ ބޭފުޅުންނަށް އަމާޒުކޮށް ތިން ވަނަ ހަމަލާ
ގިނަ ބޭފުޅުންގެ ގަޔަށް ކަޅުތެޔޮ ކޮތަޅުތައް އަރާފައިވޭ

އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުގެ މެމްބަރުންގެ ގަޔަށް ކަޅުތެޔޮ ޖަހައިފި އެވެ.

އިބޫ އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުގެ މެމްބަރުން ހުޅުމާލެއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވަމުން ގެންދަވަނިކޮށް ބަޔަކު މީހުން ވަނީ ކަޅުތެޔޮ ކޮތަޅުތަކެއް ކެމްޕެއިން ޓީމްތަކާއި ދިމާލަށް އުކާފައެވެ. މި ހަމަލާ ދިން ބައެއް އަދި ނޭނގެ އެވެ. ކަޅު ތެޔޮ ކޮތަޅުތައް އުކާފައިވަނީ އެ ބޭފުޅުން ކޮރަލްވިލްގެ ފްލެޓަކުން ނިކުމެވަޑައިގެން ވަގުތެވެ. ކޮތަޅަށް އަޅާ ބަންދުކޮށްފައިވާ ކަޅުތެޔޮ ކޮތަޅުތައް އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ ގަޔަށާއި ޖުމްހުރީ ޕާޓީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގަޔަށް ފޯރާފައިވެ އެވެ.  

އޭގެ އިތުރުން ކޯލިޝަނުގެ ކެމްޕެއިން ކަވަރކުރަމުން ދިޔަ ނޫސްވެރިންގެ ގަޔަށް ވެސް ކަޅުތެލުގެ އަސަރު ކޮށްފައިވެ އެވެ. މި ހަމަލާ އެމްޑީޕީން ތުހްމަތުކޮށްފައި ވަނީ މިއީ ސަރުކާރުގެ އިސްވެރިން އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގައިއެވެ. ކަޅުތެޔޮ ޖެހުމުގެ ކުރިން އިބޫއަށް ހުޅުމާލެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހަމަލާދޭން ވެސް ބަޔަކު މީހުން މަސައްކަތް ކޮށްފައިވެއެވެ. ދެ ފަހަރެއްގެ މަތިން އެ މީހުން އިބޫ އަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާއިރު އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ. އަދި އެ ހަމަލާއަކީ ރައީސް އަބްދުﷲ ޔާމިނަށް އިންތިހާބު ކާމިޔާބު ނުވާނެތީ ކުރާ ކަމެއް ގޮތުގައި އިބޫ ވެސް ވަނީ ސިފަ ކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް