ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 14:46
ނައިފަރަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓް ތަކެއް
ނައިފަރަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓް ތަކެއް
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
މަސްތުވާތަކެއްޗާއިއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފި
އޮޕްރޭޝަން ހިންގީ ޖުލައި 5 ގައި
ހައްޔަރު ކުރީ 29 އަހަރުގެ ފިރިހެނެއް
ބަންދަށް ވަނީ 7 ދުވަސް ޖަހާ ދީފައި

ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ޖުލައި 5 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ނައިފަރަށް ފޭބުމުން ހައްޔަރު ކުރުމަށްފަހު ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 2 ރަބަރު ޕެކެޓު ވަނީ އޭނާގެ އަތުން ފެނިފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 7 ދުވަހުގެ މުއްދަތެއް ޖަހާ ދީފައެވެ.

އެ މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް