ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 19:38
އިބޫ ވިލިމާލޭގެ ބައެއް ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ
އިބޫ ވިލިމާލޭގެ ބައެއް ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ ރޭސް 2018
ވިލިމާލެ ރައްޔިތުންނާ އިބޫ ބައްދަލު ކުރައްވައިފި
އިބޫ ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައި
ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އިބޫ އަށް ތާއިދުކުރާކަން ހާމަކޮށްފައި

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)  ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އިން ފެށިގެން އިރު އޮއްސެންދެން ވިލިމާލެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

ވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ކޯލިޝަން ސަރުކާރެއްގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ  ބެހޭ ގޮތުން އިބޫ ވަނީ މަޝްވަރާ ކުރައްވާފައެވެ.

ވިލިމާލޭގެ ރައްޔިތުންނާ އިބޫ ބައްދަލުކުރައްވަނީ

ހިންވަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު، އެމަނިކުފާނު ގެންދަވަނީ އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކުރައްވައި ކެމްޕެއިން އަށް ތައްޔާރުވަމުންނެވެ. އަދި ހޮނިހިރު ދުވަހު ވަނީ ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވައިފައެވެ.

ހޯމަ ދުވަހުގެ ހަރަކާތުގައި ބައިވެރިވަޑައިގެންނެވި އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހޮނިހިރު ދުވަހު ފެށި ކެންޕެއިނުން ހާމަވެގެންދަނީ ރައްޔިތުން އިދިކޮޅުން ނެރޭ ކެންޑިޑޭޓަކަށް ކެތްމަދުވެފައިވާ މިންވަރު ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަން އިންތިހާއަށް އަނިޔާވެރިވެފައި އެބޭފުޅުންނަށް މިސަރުކާރުގައި މި އޮންނަ ކަރަޕްޝަނާއި ފަސާދައިގެ ވާހަކަތައް އިވި. މިވާހަކަތައް އިންތިހާއަށް އެބޭފުޅުންނަށް އިވިގެންދާއިރު ދައުލަތުގެ ވެރިއެއްގެ ގޮތުން އެބޭފުޅާ (ރައީސް ޔާމީން) ކަމުނުދާ ވާހަކަ އިވިގެން މިދަނީ،" މާރިއާ ވިދާޅުވިއެވެ.

ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ވަރުގަދަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ރޭވިފައި ހުރި ކަމަށް ކޯލިޝަނުން ބުނެއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 ޖުލައި 2018 | ހޯމަ 16:22
ގާސިމު
Meehunge gayah erun noon kameh nukure annanee hini