ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 18:41
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުރާ ޖަލަށް ގެންދަނީ
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުރާ ޖަލަށް ގެންދަނީ
ރާއްޖެ އެމްވީ
ރިޔާސީ ރޭސް 2018
އިމްރާނަށް އެންމެ ހެޔޮއެދޭ މީހަކީ އަޅުގަނޑު، އިމްރާން ހުންނަން ޖެހޭނީ އަޅުގަނޑާ އެއްކޮށް: ޝަހީމް
ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް އެކަނި ގުޅުނަސް ފުދޭ
އިމްރާނަން އެންމެ ހެޔޮއެދޭ މީހަކީ ޝަހީމްކަން އިމްރާން ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވި
ސަރުކާރުން އިސްތިއުފާ ދިނީ އިދިކޮޅު ހަރަކާތާ ގުޅޭކަށެއް ނޫން

މި އުޑުދަށުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅަކީ އެބޭފުޅާ ކަމަށާއި، ޝެއިހް އިމްރާންގެ ޒާތީކަމެއް ރައީސް އަބްދުﷲ ޔާމީނާ އޮތިއްޔާ އެކަން ފިލުވާލުމަށްފަހު ޕީޕީއެމަށް ތާއިދުކޮށް އެބޭފުޅާގެ ފަހައްޕުޅަށް ވަޑައިގެންނެވުމަށް އެޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް ހުސެންއަކީ އެބޭފުޅާގެ ދެ އަޚުންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ދެ ބޭފުޅުން އެކަނި ޕީޕީއެމަށް ތާއިދުކޮށް އެބޭފުޅާގެ ފަހަތަށް ވަޑައިގެންނެވުމުން ފުދޭކަމަށެވެ.

ޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވާހަކަ ދައްކަވަނީ

"މިއަދު ވެސް އިމްރާން އަރިހުން އަޅުގަނޑު އެދެނީ އަޅުގަނޑު ކައިރިއަށް ވަޑައިގަންވަން، އަޅުގަނޑަށް ވުރެ އިމްރާނަން ހެޔޮއެދޭ އިންސާނެން މި އުޑުދަށުގައި ނުހުންނާނެ، 100 ޕަސެންޓު ޔަގީން ކަމައި އެކު މި ދަންނަވަނީ، އިމްރާން މިއަދު ހުންނަން ޖެހޭނީ އަޅުގަނޑާ އެއްކޮށް، އަޅުގަނޑު މި ދަންނަވަނީ އިމްރާން އަރިހުގައި، ޒާތީކަމެއް އޮތިއްޔާ ރައީސް ޔާމީނާއި ފިލުވާލައްވާ އަޅުގަނޑާއި އެކު ވަޑައިގަންނަވާށޭ" ޝެއިހް އިމްރާން އެންމެ ހެޔޮއެދޭ މީހަކީ ކާކުތޯ ޝެއިހް އިމްރާނާއި ސުވާލުކޮށްފިނަމަ، އިމްރާން ވިދާޅުވާނީ އެބޭފުޅާގެ ނަންކަމަށް ވިދާޅުވަމުން ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރުގެ މާގާމުން އިސްތިއުފާ ދެއްވީ ޝެއިހް އިމްރާނަންޓަކައި ކަމަށާއި، ރައީސް ޔާމީނާ ޒާތީކަމެއް އޮތިއްޔާ އެކަން ފިލުވާލުމަށްފަހު "ޕީޕީއެމަށް" ތާއިދުކޮށް ދިވެހި ރާއްޖޭގެ އިލްމުވެރިންގެ ސަފުތަށް އެކަތިގަނޑަކަށް ހެއްދެވުމަށް އެބާފުޅާގެ ފަހަތްޕުޅުގައި ވަޑައިގެންނެވުމަށް ޝަހީމް ވަނީ ތަކުރާރުކޮށް ދައުވަތު ދެއްވާފައެވެ.

"ޝެއިހް އިމްރާނުގެ އަރިހުންވެސް، އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކު އެމަނިކުފާނު މި ނިއުސްބުރީފިން ބައްދަލަމުން ގެންދަވާނެ ކަންނޭނގެ، އެބޭފުޅާއަށް އެގިވަޑައިގަންނަވާނެ ޝަހީމަކީ ކާކުކަން، އިމްރާނަކަށް ދެރައެއް އެދިވަޑައިނުގަންނަވާނެކަން، އަޅުގަނޑު ނޫނީ ނުހުންނާނެ ރަހުމަތްތެރިއަކަށްޓަކައި ކެބިނެޓުގެ މަގާމެއް ދޫކޮށްލި މީހެއް ދިވެހި ރާއްޖޭގެ ތަރީހުގައި ވެސް، 100 ޕަސެންޓަށް މި ދަންނަވަނީ، އިމްރާނަން ހެޔޮއެދިގެން އަޅުގަނޑު އެދުވަހު ވެސް އެކަން ކުރީ، ހަގީގަތުގައި ވެސް މިދަންނަވަނީ ތެދަށް، މިއަދު ވެސް އަޅުގަނޑު މި ހުންނަނީ ހެޔޮއެދޭ ހާލުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަން އަޅުގަނޑު ހެކިކޮށް މިދަންނަވަނީ  އިމްރާނަން އަޅުގަނޑު ވަރަށް ހެޔޮއެދެން ޝެއިހް އިލްޔާސް އަށް އަޅުގަނޑު ވަރަށް ހެޔޮއެދެން، އެއީ އަޅުގަނޑު އެންމެ ލޯބިވާ ދެ އަޙުން، އަދާލަތު ޕާޓީގެ ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ދެބޭފުޅުން އެކަނި މި ކޮޅަށް ވަޑައިގެންނެވިއަސް އަޅުގަނޑަށް ފުދޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް އިމްރާނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.

މޭޑޭ މުޒާހަރާގައި ޝެއިހް އިމްރާން ވާހަކަފުޅު ދައްކަވަނީ

ޝެއިހް އިމްރާންއަށް 12 އަހަރުގެ ޖަލު ހުކުމް ކުރުމުން އެކަމުގެ ހިތާމާއިގައި އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގަންނަވަން ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝެއިހް އިމްރާން އެ ދުވަސްވަރު ކުރިއަށް ގެންޔިޔަ "އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން"ގެ ހަރަކާތަކީ އެބޭފުޅާ ގަބޫލުކުރެއްވި ފަލްސަފާއެއް ނޫންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އޭރު ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ އެބޭފުޅާ ގަބޫލުކުރައްވާ އުސޫލުތަކާއި ހިލާފަތް ކުރިއަށްދާ ހަރަކާތްތަކެއް ކަމަށެވެ.

"އެހެންވީމަ ވަރަށް އިޙްތިރާމާއި އެކީގައި ސިޔާސީ ގޮތުން އަޅުގަނޑުމެން ދެމީހުން ވަކިވެގެން ދިޔައީ، މި އަދާހަމައަށް ވެސް ސިޔާސީ ގުޅުމެއް އަޅުގަނޑާއި ޝެއިހް އިމްރާނާ ދެމީހުންގެ ނެތް، އެހެންނަމަވެސް އަޙުވަންތަކަމުގެ ގުޅުން އެބަ އޮތް" ޝަހީމް ވިދާޅުވިއެވެ.

ޝެއިހް އިމްރާމާއި ޝެއިހް އިލްޔާސް ޕީޕީއެމާއި ގުޅުމަށް ދައުވަތުދިނުމަށް ފަހު، ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި އެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް