ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 17:01
ޕީޕީއެމް މަޖިލިސް މެމްބަރު އަހުމަދު އަޒްހާން ފަހުމީ
ޕީޕީއެމް މަޖިލިސް މެމްބަރު އަހުމަދު އަޒްހާން ފަހުމީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
އެބިލް ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީއަށް
މިއަދުގެ ޖަލްސާގައި ބައިވެރިވީ 33 މެންބަރުން
އެއްވެސް މެންބަރަކު އެބިލަށް ބަހުސް ކުރައްވާފައެއް ނުވޭ

ސަރުކާރުގެ ފަރާތުން، ޖަލުތަކާއި ޕެރޯލުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެބިލު ދިރާސަ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވައިފިއެވެ. 

އެބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ވޯޓުގައި ބައިވެރިވި 33 މެންބަރުންގެ އިއްތިފާގުންނެވެ. ހޯމަ ދުވަހުގެ މިޖަލްސާގައި ވެސް ބައިވެރިވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ މެންބަރުން އެކަންޏެވެ.

ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިބްތިދާއީ ބަހުސް ކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެބިލަށް އެއްވެސް މެންބަރަކު ބަހުސް ކުރައްވާފައެއް ނުވެއެވެ.

އެބިލް މަޖިލީހުގެ ޖަލްސާއަށް އިއްވުމަށް ފަހު، ބަހުސް ކުރައްވާނެ މެމްބަރެއް ނެތުމުން ވަނީ ބަހުސް މަރުހަލާ ނިންމާލައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް