ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 14:46
ހިތާދޫ ކައުންސިލަރުން މިސްކިތް ސާފުކުރެއްވުމުގައި
ހިތާދޫ ކައުންސިލަރުން މިސްކިތް ސާފުކުރެއްވުމުގައި
ރާއްޖެއެމްވީ
ކައުންސިލަރުން
މުދިމުނެތި، މަސައްކަތު މީހުން ބަލިވުމުން މިސްކިތް ސާފުކުރަން ކައުންސިލަރުން!
މިސްކިތުގެ މަސައްކަތު މީހާ އޮތީ ބަލިވެ

ބ. ހިތާދޫ ބޮޑު މިސްކިތް "މަސްޖިދުލް މޫސާ އަލީ" މުދިމާއި މަސައްކަތު މީހާ ބަލިވުމުން މިސްކިތް ސާފުކުރުމަށް ކައުންސިލަރުން ނުކުންނަވައިފިއެވެ.

ކައުންސިލަރުން މިސްކިތް ސާފުކުރުމަށް ތިއްބަވަނިކޮށް އާއްމު މީހަކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ފޮޓޯތަކާއި އެކު ގިނަ ބަޔަކު ވަނީ އެ ކައުންސިލަރުންނަށް ސާބަސްދީ ހިތްވަރު ދީފައެވެ.

މިސްކިތް ސާފުކުރެއްވުމުގައި އަމިއްލަ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާތަން ފެނި ރާއްޖެއެމްވީން ހިތާދޫ ކައުންސިލްގެ ރައީސް އަބުލް އަޒީޒު މުހައްމަދުއާއި ގުޅާލުމުން ފުރަތަމަވެސް ވިދާޅުވީ، މިއީ  އެއްވެސް ހާލެއްގައި "ސިޔާސީ" ކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ، އެ ހާލަތުގައި ކައުންސިލްގެ ދައުރާއި، އިޖުތިމާއީ ޒިންމާގެ އިތުރުން ފަރުދީ ޒިންމާ ވެސް އެކަމުގައި އޮންނާނެ ކަމަކަށް ވާތީ ކުރެއްވި ކަމެއް ކަމަށް ވިދާޅުވިއެވެ.

 

ހިތާދޫ ކައުންސިލަރުން މިސްކިތް ސާފުކުރެއްވުމުގައި

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އެ މިސްކިތުގެ ދެ މަސައްކަތު މީހުން ތިބެއެވެ. އެކަކު މިވަގުތު ހުރީ އާއިލީ ޒިންމާގެ ޗުއްޓީގައެެވެ. އަދި އަނެއް މަސައްކަތު މީހާ ބަލިވެގެން މަސައްކަތަށް ނުނުކުންނަތާ ދެ ދުވަސް ވެއްޖެއެވެ. އަދި އެ މިސްކިތުގެ މުދިމު ވެސް ހުންނެވީ ޗުއްޓީއެއްގައެވެ.

މިސްކިތް ސާފްކުރެއްވުމުގައި ކައުންސިލްގެ ރައީސް އަޒީޒުގެ އިތުރުން ކައުންސިލްގެ ނައިބު މުހައްމަދު ހަސަން އާއި ކައުންސިލް މެންބަރު އަންވަރު މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެެވެ. މި ތިން ބޭފުޅުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން ބޭފުޅުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ޖުލައި 2018 | ބުދަ 07:35
އުފާ
ވަރަށް އުފާ ވެއްޖެ. މިކަހަލަ ޒިންމާދާރުކަން ކޮންމެ ބައެއްގެ ފަރާތުން ވެސް ފެންނާނެ ނަމަ ގައުމުގެ ކަންތައް ހާދަ ރަނގަޅު ވާނެޔޭ.
10 ޖުލައި 2018 | އަންގާރަ 05:48
LgA
Emeehun suspend kurey